މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ މިކަން ކުރިއަށް ގެންދާނީ ޤައުމީ ދުވަހާއި ގުޅިގެން އަންނަ ހަފްތާގެ ބަންދށް ފަހު އަންނަ ފުރަތަމަ ހުކުރު ދުވަހުގެ ރޭ ކަމަށް. މިނިސްޓަރ ވިދާޅުވީ ކުޅަދާނަ ޒުވާން މޮޅު ޤާރީން މި ތިލާވަތު މަހެފިލްގައި ފެނިގެންދާނެ ކަމަށް.
758 ދުވަސް ކުރިން - 12:13
މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުން ހިމެނޭ.
758 ދުވަސް ކުރިން - 11:26
ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން. މި މަޝްރޫޢުގެ ދަށުން ޢުމްރާ ދަތުރުގެ ފުރަތަމަ ފުރުސަތު އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށް.
758 ދުވަސް ކުރިން - 11:23