އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި
މި ސެޝަންގައި ދިރިއުޅުމުގެ ގޮންޖެހުންތަކުން އަރައިގަނެ، އުންމީދާއެކު ކުރިއަށްދާނެ ގޮތްތަކާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވޭ. އަދި އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމާއި، އެހީތެރިކަން ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، އަމިއްލަ އިހްތިޔާރުގައިވާ ކަންކަމަށް ސަމާލުކަންދީގެން ދިރިއުޅުން ބައްޓަންކުރާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފައިވޭ.
3 ގަޑިއިރު ކުރިން - 10:28