ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ މަޝްރޫއުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ކޮންޓްރެކްޓަރުންގެ މެދުގައި ހަމަހަމަ މާހައުލެއް ގާއިމުކުރުން. މި ބަދަލާއެކު ނޮން-ރެސިޑެންޓް ކޮންޓްރެކްޓަރުން ސާފުކޮށް މާނަކޮށްދީފައިވާއިރު، ޓެކްސް ބަޔާން ހުށަހެޅުމަށް އިދާރީ ލުއިތަކެއް ލިބޭނެ. ގެޒެޓުގައި ޝާއިއުކުރުމާއެކު މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ.
2 ގަޑިއިރު ކުރިން - 18:37