ބައިނަލްއަގްވާމީ މަނިޓަރީ އެންޑް ފައިނޭންސް ކޮމިޓީގެ އާ ޗެއާމަން ސައުދީގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖާދާން ހުކުރު ދުވަހު ވަނީ ޖިއޮޕޮލިޓިކަލް ޓެންޝަން އިތުރުވުމަކީ " ކަންބޮޑުވާ ކަމެއް" ކަމަށް ވިދާޅުވެފަ އެވެ. ވޮޝިންޓަންގައި ހުންނަ އައިއެމްއެފްގެ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލް ޖާދާން ފާހަގަކުރެއްވި ގޮތުގައި މިފަދަ ޓެންޝަންގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެވެ.އެކަމަކު އޭނާ އިތުރަށް ވިދާޅުވީ އައިއެމްއެފްސީ އަކީ ޖިއޮޕޮލިޓިކަލް މައްސަލަތައް ހައްލުކުރާ ފޯރަމެއް ނޫން ކަމަށެވެ "އައިއެމްއެފްސީ އަކީ ޖިއޮޕޮލިޓިކަލް އަދި ސެކިއުރިޓީ މައްސަލަތައް ހައްލުކުރާ ފޯރަމެއް ނޫންކަން ދެނެގަތުމާއި މި މައްސަލަތަކާ ބެހޭ ގޮތުން އެހެން ފޯރަމްތަކުގައި މަޝްވަރާ ކުރާނެ ނަމަވެސް، މި ހާލަތްތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާކަން އައިއެމްއެފްސީގެ މެމްބަރުން ގަބޫލުކުރި،" މިފަދަ މައްސަލަތަކަށް އިޝާރާތް ކުރައްވައި އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެއޭނާ އިތުރަށް ވިދާޅުވީ “މިއަދުގެ ޒަމާނަކީ ހަނގުރާމައާއި ކޯޅުންތަކުގެ ޒަމާނަކަށް ވެގެން ނުވާނެ” ކަމަށެވެ. އަލް ޖާދާން މިހެން ވިދާޅުވީ އީރާނުން އިސްރާއީލަށް މިސައިލް އަދި ޑްރޯން ހަމަލާދިން ހަފްތާއެއް ނިމުމުން ޣައްޒާ ހަނގުރާމައިގެ ސަބަބުން އެހެން ގައުމުތައް ވެސް މި ހަމަނުޖެހުންގެ ތެރެއަށް ވަދެދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްފަހާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީ ރައްދު ދިން ނަމަވެސް ތެހެރާނުން މިހާތަނަށް ވަނީ އެ ހަމަލާ ކުޑަކޮށް، ބަދަލު ނުހިފާނެ ކަމަށް އިޝާރާތްކޮށްފަ އެވެ.ޖިއޮޕޮލިޓިކަލް ޓެންޝަނާއި އިންޓަރެސްޓް ރޭޓް މަތިވުމާއި އިގްތިސާދީ ހަރަކާތްތައް ނާޒުކު ހާލަތެއްގައިވާ މިދަނޑިވަޅުގައި ތެރޭގައި އައިއެމްއެފްސީން ބުނީ އަގުތަކުގެ ހަމަޖެހުން ހޯދައި މާލީ ބަފަރުތައް ހަރުދަނާކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އައިއެމްއެފްސީ ގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. "ސާފުކޮށް އެނގޭ ގޮތުގައި ކުރިއަރާފައިވާ އިގްތިސާދުތަކާއި އުފެދިފައިވާ މާކެޓްތައް އާމްދަނީ ދަށް ގައުމުތަކަށް ވުރެ މާ ރަނގަޅު ހާލަތެއްގައި އެބަހުރި. އަދި އަސާސީ ގޮތުން ފޯކަސް ކުރެވެނީ ރެސިލިއެންސްއަށް" މިސްޓަރ އަލް ޖާދާން ވިދާޅުވި އެވެ. "އަޅުގަނޑުމެން އެ ސަޕޯޓް ފޯރުކޮށްދޭކަން ޔަގީން ކުރަން ޖެހޭ. އައިއެމްއެފްސީގެ މެމްބަރުން އަޅުގަނޑުމެންގެ އާމްދަނީ ދަށް ގައުމުތަކުގެ މެމްބަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަމުންދާނެ"މިސްޓަރ އަލް ޖާދާން އިތުރަށް ވިދާޅުވީ އައިއެމްއެފްގެ ރައްކާތެރިކަމުގެ ބެލެންސް 25 ބިލިއަން ސްޕެޝަލް ޑްރޯއިން ރައިޓްސް އަށް ވާސިލްވުމުން – ބައިނަލްއަގްވާމީ ރިޒާވް އެސެޓެއް – ފަންޑު ބޭނުން ކުރުމަށް "ވަރަށް ރަނގަޅު ބަފަރެއް" ލިބިގެންދާނެ ކަމަށެވެ. އަދި އޮކްޓޯބަރު މަހުގެ ބައްދަލުވުންތަކުން ޑޮމެސްޓިކް އެޕްރޫވަލްތައް ނޮވެމްބަރު މަހުގެ ނިޔަލަށް ފައިނަލް ކުރުމަށް އައިއެމްއެފްސީން އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މީގެ އިތުރުން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވަނީ ރެސިލިއެންސް އެންޑް ސަސްޓެއިނަބިލިޓީ ޓްރަސްޓަށް ޔޫއޭއީން ވެފައިވާ ވައުދުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.