Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލެ ސަރަޙައްދުގައި ޖީޕީ ކްލިނިކްތައް ފެށުމުގެ މަރުޙަލާއާ ބެހޭގޮތުން މަޝްވަރާކޮށްފި

މާލެ ސަރަޙައްދުގައި ޖީޕީ ކްލިނިކްތައް ފެށުމުގެ މަރުޙަލާއާ ބެހޭގޮތުން މަޝްވަރާކޮށްފި

އަައިޝަތު ޒީނާ
385 ދުވަސް ކުރިން - 25 ޖޫން 2025 00:42
ޖީޕީ ކްލިނިކްތައް ފެށުމުގެ މަރުޙަލާއާ ބެހޭގޮތުން މަޝްވަރާކުރުން. / ފޮޓޯ: ޞިއްޙީ ވުޒާރާ
ޖީޕީ ކްލިނިކްތައް ފެށުމުގެ މަރުޙަލާއާ ބެހޭގޮތުން މަޝްވަރާކުރުން. / ފޮޓޯ: ޞިއްޙީ ވުޒާރާ
ޚުލާސާ

ޞިއްޙީ ވުޒާރާއިން މި މަޝްވަރާތައް ކޮށްފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން އަދި ފުލުހުންނާއެކު.

މާލެ ސަރަޙައްދުގައި ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކްތައް ފެށުމުގެ މަރުޙަލާއާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

ޞިއްޙީ ވުޒާރާއިން މި މަޝްވަރާތައް ކޮށްފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން އަދި ފުލުހުންނާއެކު އެވެ.

Advertisement

Advertisement 1

ޞިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ ޑޮކްޓަރަށް ދެއްކުމަށްދާ މީހުންގެ ކިއު ކުޑަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންގެންދާ ކަމަށާއި އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ މާލޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ޖީޕީ ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކުރާ ކްލިނިކުތަކުގެ ޚިދުމަތް ފެށުމައި އެކުގައި ކަމަށެވެ.

މާލޭގައި ހަދާ ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަސްދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް ވެސް ވަޒީރު އޭރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލޭގެ 4 ސަރަޙައްދެއްގައި ޖީޕީ ކްލިނިކުތައް ޤާއިމުކުރާއިރު، ހުޅުމާލެ އާއެކު ޖުމްލަ 6 ކްލިނިކު ޤާއިމުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޚިދުމަތްދެމުންދާ ގޮތަކީ އާދައިގެ ކުދިކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އުޞޫލުން ޚިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި ފަސޭހަ އަވަސް ޚިދުމަތެއް ބަލިމީހާއަށް ލިބިގެންދާއިރު، މައި ހޮސްޕިޓަލް ބާރުކުޑަވެފައި އެމަޖެންސީ ޚިދުމަތްތާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާމޯލްޑިވްސް ޕޮލިސް ސަރވިސްފަހި ދިރިއުޅުން ކޯޕަރޭޝަންހުޅުމާލެ ހޮސްޕިޓަލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

8 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

18 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

2 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

3 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

3 ދުވަސް ކުރިން - 01:44