ޒުވާނުންތަކެއް 263 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ފޭރިގެންފި

ޖަވާދު | 143 ދުވަސް ކުރިން - 28 މޭ 2025 08:15
ކްރިޕްޓޯ ކޮއިންތަކެއް / ފޮޓޯ: އޭޕީ
ކްރިޕްޓޯ ކޮއިންތަކެއް / ފޮޓޯ: އޭޕީ
ޚުލާސާ

19 އަހަރާއި 22 އަހަރާއި ދެމެދުގެ ޒުވާން ހެކަރުން 263 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ފޭރިގެންފި.

ޒުވާން ހެކަރުންތަކެއް 263 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ފޭރިގެންފިއެވެ. ހުސްވި ހަފްތާގައި ހިނގި މި ބޮޑު ފޭރުމުގައި ބައިވެރިވަނީ އެމެރިކާ އާއި އިނގިރޭސީވިލާތުގެ ޒުވާން ހެކަރުން ކަމަށާއި "ސްކެޓަރޑް ސްޕައިޑަރ" ގެ ނަމުން މަޝްހޫރު މި ގްރޫޕްގައި އުޅެނީ 19 އަހަރާއި 22 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށް މަސްދަރުތަކުން ބުނެއެވެ.

ވަގަށްނެގި ފައިސާ ލޯންޑަރ ކޮށްފައިވާއިރު އެމީހުން ބޭނުންކޮށްފައި ވަނީ ކްރިޕްޓޯ-މިކްސިންގ ޚިދުމަތެވެ. މި ގްރޫޕުން މިއަހަރު މިހާތަނަށް ވެސް 100 އަށްވުރެ ގިނަ ސައިބަރ ހަމަލާ ދީފައިވާ ކަމަށް ޚަބަރުތައް. ބުނެއެވެ. މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ކެސިނޯތަކާއި، ވިޔަފާރިތަކާއި، ބޭންކު ތަކުގެ އިތުރުން ޓެކްނޮލޮޖީ ކުންފުނިތަކަށެވެ.

މަސްދަރުތައް ބުނާ ގޮތުގައި މިދެންނެވި ގްރޫޕުގެ ގިނަ މެންބަރުންނަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ 19 އަހަރާއި 22 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ތަޙުޤީޤުތަކުން ދައްކައިފިއެވެ.

"ސްކެޓަރޑް ސްޕައިޑަރ" އަކީ "އަލްފްވީ/ބްލެކްކެޓް" ފަދަ ރޭންސަމްވެއަރ ގޭންގުތަކާއި ގުޅުން އޮންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ސައިބަރ ކުށްވެރިންގެ ބޮޑު ނެޓްވޯކެއްގެ ގޮތްޕެކެވެ.

ބައިނަލްއަޤްވާމީ ސައިބަރ ސެކިއުރިޓީ ކުންފުނިތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ މި ގްރޫޕުގެ މެންބަރުން ހޯދުމަށާއި، ވަގަށްނަގާފައިވާ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%