އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ގްރޫޕް ސްޓޭޖުތައް ރޭ ނިމިއްޖެއެވެ.
ވަރުގަދަ މެޗުތަކެއް ކުޅެ، ނޮކައުޓް ނުވަތަ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދުމަށް ވާދަކުރާ ހުރިހާ ޓީމެއް މިހާރު މުޅިން ކަށަވަރު ވެއްޖެއެވެ.
އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ތެރެއިން / ފޮޓޯ: ޚުލާޞާ.
ވީއެންޓީ ފުޓްސަލް ވޮރިއަސް އަތުން 4-0 އިން މޮޅުވެ ކިންގްސް ކްރޫ މޮޅުވިއިރު، ޕާކް ބޯއީސް އިން ވަނީ 1-0 އިން ބެގޭސް އަތުން މޮޅުވެ ޓިކެޓް ކަށަވަރުކޮށްފަ އެވެ. ދިޔާމިގިލީ އެފްޓީ އަތުން 1-0 އިން ގޫވަލް އެފްސީ މޮޅުވުމުން ގްރޫޕް އެފްގެ އެއްވަނައިގައި އޮތް ކިންގްސް ކްރޫއާ އެކު ޖާގައެއް ލިބުނެވެ. ޓީއެފްޕީން އެއްވެސް މެޗަކުން ބަލިނުވާއިރު ގަދަ 16 އަސް ދަތުރުކުރީ ރޭ ޔުނައިޓެޑް އީސްޓް ކޯސްޓް އަތުން 4-2 އިން މޮޅުވެ ގްރޫޕް އެޗްގެ އެއްވަނަ ހޯދައިގެންނެވެ.
މުޅިއެކު 8 ޓީމު ހިމެނޭ ގްރޫޕްގެ ހުރިހާ މެޗެއް ނިމުމާއެކު، ކޮންމެ ގްރޫޕަކުން ވެސް އެއްވަނައިގައި އޮތް ދެ ޓީމު މިހާރު ވަނީ ނޮކްއައުޓް މަރުހަލާއަށް ދަތުރުކޮށްފަ އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ 16 ވަނަ ބުރު މިރޭ ހުޅުމާލޭ ޕީ2 ފުޓްސަލް ދަނޑުގައި ފަށާއިރު، މިއީ އަދި މާ ފޯރި ގަދަ ވާނެ މެޗުތަކެކެވެ.
އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ތެރެއިން / ފޮޓޯ: ޚުލާޞާ.
ރޭ ކުޅުނު މެޗު ތަކުގެ ނަތީޖާ:
ޕާކް ސްޕޯޓްސް ކްލަބް 1-1 އަނާކީ ސްޕޯޓްސް ކްލަބް
ޕާކް ބޯއީސް 1-0 ބެގޭސް
ވީއެންޓީ ފުޓްސަލް ވޮރިއަރސް 0–4 ކިންގްސް ކްރޫ
ދިޔަމިގިލި އެފްޓީ 0–1 ގޫވަލް އެފްސީ
ބްރަދާސް އޮފް ދަ ގްރާންޑޭ އެސްސީ 1–1 ޕީކޭ އެކަޑަމީ
ޓީއެފްޕީ 4-2 ޔުނައިޓެޑް އީސްޓް ކޯސްޓް
އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ތެރެއިން / ފޮޓޯ: ޚުލާޞާ.
ޕޮއިންޓުގެ ގޮތުން ޓީމުތަކުގެ ހާލަތު:
ގްރޫޕް އޭ: އެސްސީ ޝެޑޯސް (9 ޕޮއިންޓް)، ފަސްތާރީ އެސްސީ (6 ޕޮއިންޓް)
ގްރޫޕް ބީ: ކްލަބް ގެލެކްޓިކޯސް (9 ޕޮއިންޓް)، ސްޕޯޓްސް ކްލަބް ބަފަނަ (6 ޕޮއިންޓް)
ގްރޫޕް ސީ: ކްލަބް ޕީކޭ (7 ޕޮއިންޓް)، އާޗޮންސް (4 ޕޮއިންޓް)
ގްރޫޕް ޑީ: އެފްސީ އަމިގޯސް (6 ޕޮއިންޓް)، އަނާކީ (6 ޕޮއިންޓް)
ގްރޫޕް އީ: ޕާކް ސްޕޯޓްސް ކްލަބް (5 ޕޮއިންޓް)، ޕާކް ބޯއީސް (5 ޕޮއިންޓް)
ގްރޫޕް އެފް: ކިންގްސް ކްރޫ (7 ޕޮއިންޓް)، ގޫވަލް އެފްސީ (6 ޕޮއިންޓް)
ގްރޫޕް ޖީ: ކްލަބް ވަލްޗަރސް (4 ޕޮއިންޓް)، ޕީކޭ އެކަޑަމީ (2 ޕޮއިންޓް)
ގްރޫޕް އެޗް: ޓީއެފްޕީ (6 ޕޮއިންޓް)، ކްލަބް ބައިސާ (3 ޕޮއިންޓް)
އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ތެރެއިން / ފޮޓޯ: ޚުލާޞާ.
(މިރޭ ކުޅޭ މެޗުތައް)
ގަދަ 16 އިގެ މެޗުތައް ނުވަތަ ނޮކައުޓް ބުރު މިރާ ފަށާއިރު މެޗުތައް ކުޅޭނެ ގޮތް ތިރީގައި މިވަނީއެވެ.
20:00
އެސްސީ ޝެޑޯސް vs ޕާކް ބޯއީސް
ޕާކް ސްޕޯޓްސް vs އާއި ފަސްތަރި އެސްސީ
21:00
ކްލަބް ގެލެކްޓިކޯސް vs ގޫވަލް އެފްސީ
ކިންގްސް ކްރޫ vs ސްޕޯޓްސް ކްލަބް ބަފާނާ
22:00
ކްލަބް ޕީކޭ vs ޕީކޭ އެކަޑަމީ
ކްލަބް ވަލްޗާސް vs އާޗޮންސް
23:00
އެފްސީ އަމިގޯސް vs ކްލަބް ބައިސާ
ޓީއެފްޕީ vs އަނަކީ