ރައީސްގެ ވައުދާއި އެއްގޮތަށް ނެއްލައިދޫ ރައްޔިތުން ނަފާ ހޯދުމަށް ހިރިނައިދޫ ދީފި

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 21:25
ހދ. ނެއްލައިދޫ - ނެއްލައިދޫގެ ބައެއްގެ ގޮތުގައި "ހިރިނައިދޫ" އިތުރުކޮށްފި.
ހދ. ނެއްލައިދޫ - ނެއްލައިދޫގެ ބައެއްގެ ގޮތުގައި "ހިރިނައިދޫ" އިތުރުކޮށްފި.
ޚުލާސާ

ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރު.

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެއަތޮޅު "ހިރިނައިދޫ" އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުއްވި ޤަރާރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ނެއްލައިދޫގެ ބައެއްގެ ގޮތުގައި "ހިރިނައިދޫ" އިތުރުކޮށްފައިވާ ކަމަށެވެ.

ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސަވައި ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނެއްލައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށާއި ސަރަޙައްދުގައި ތިބެގެން އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ޤާއިމުކޮށްދެއްވުމުގެ ގޮތުން ރަށުގައި ތިބެގެން ވިޔަފާރީގެ ބޭނުމަށް އުފައްދާ ތަކެތި، އޮންލައިންކޮށް މާކެޓްކޮށް ވިއްކޭނެ ޒަމާނީ ޕްލެޓްފޯމެއް ސަރުކާރުން ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމުގެ ސަބަބުން ފަތުރުވެރިކަން ފުޅާކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށެވެ.

"ހިރިނައިދޫ" އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި "ހިރިނައިދޫ"ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް، މިޤަރާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައިވަނީ ޝާއިޢުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%