އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ފެނިއްޖެ، އީދު މުބާރިކް!

އައިޝަތު އީމާން | 139 ދުވަސް ކުރިން - 29 މާރިޗް 2025 20:43
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މާދަމާއަކީ 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް.

އިސްލާމީ ބައެއް ޤައުމުތަކަށް ޝައްވާލު މަހުގެ ހަނދު ފެނުމުން މާދަމާ އަކީ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މިއަދު އިރުއޮއްސުމުގެ ފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް 1446 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެނިފައި ނުވިކަމުގައި ވިޔަސް، އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތުވެއްޖެކަމުގެ ޚަބަރު ރަސްމީގޮތުން ލިބިފައިވާތީ، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މި ހިނގާ މާރިޗު މަހުގެ 30 ވާ އާދިއްތަ ދުވަހަކީ 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ރޯސް މިޔާ

139 ދުވަސް ކުރިން - 21:34

ކާފަ އަކާޖައްސާ ލެވޭކައް ނެތެއްނު!