އެމެރިކާއަށް އައި ތޫފާންތަކެއްގެ ސަބަބުން މަދުވެގެން 33 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
މިސޫރީ ސްޓޭޓް ހައިވޭ ޕެޓްރޯލްއިން ހާމަކުރި ގޮތުގައި މި ތޫފާންތަކާއި ގުޅިގެން 12 މީހުން މަރުވެފައިވެއެވެ.
މިސިސިޕީގެ ގަވަރނަރު ވިދާޅުވި ގޮތުގައި އެ ސްޓޭޓުގައި 6 މީހުން މަރުވެ، 3 މީހުން ގެއްލިފައިވެއެވެ. ޓެކްސަސްގައި 4 މީހުން މަގުމަތީގައި ހިނގި އެކްސިޑެންޓްތަކުގައި މަރުވެފައިވާއިރު، އާކަންސާސްގައި 3 މީހުން މަރުވެ 29 މީހުންނަށް އަނިޔާވެފައިވެއެވެ.
އާކަންސާސްގެ ގަވަރނަރު ސާރާ ހަކަބީ ސޭންޑަރސް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވާފައެވެ. .
ނޭޝަނަލް ވެދަރ ސަރވިސްއިން ވަނީ މިއަދު ވެސް އެމެރިކާގެ ސަރަޙައްދުތަކުގައި ގަދަ ވިއްސާރަ ކުރާނެ ކަމަށް އިންޒާރު ދީފައެވެ.
މި ތޫފާންތަކުގައި އެމެރިކާއިން މިހާތަނަށް 250،000 އަށްވުރެ ގިނަ ގޭބިސީއާއި ވިޔަފާރިތަކުގެ ކަރަންޓު ކެނޑިފައިވާއިރު









