އެޓަލާންޓާގެ ކުޅުންތެރިޔާ އެޑެމޯލާ ލުކްމަންއާއި މެނޭޖަރު ޖިއާން ޕިއެރޯ ގަސްޕެރީނީ އާއި ދެމެދު ހިނގި ޖަދަލަކާއި ގުޅިގެން، ކްލަބުގގެ މިލްކުވެރިޔާ އެންޓޯނިއޯ ޕެރްކާސީ، ލޫކްމަން އާއި މެނޭޖަރު ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ފަށައިފިއެވެ.
މި ޖަދަލު ފެށުނީ އެޓަލާންޓާ އާއި ކްލަބް ބްރޫޖް އާއި ދެމެދު ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގައި ލުކްމަންގެ ޕެނަލްޓީއެއް ފެއިލް ވުމާއި ގުޅިގެންނެވެ. މި ހާދިސާ އާއި ގުޅޭ ގޮތުން ގަސްޕެރީނީ ބުނީ ލުކްމަންއަކީ އޭނާ ދުށް އެންމެ ދެރަ ޕެނަލްޓީ ޖަހާ ކުޅުންތެރިންގެ ތެރެއިން އެކަކު ކަމަށް ބުނެފައިވެއެވެ.

މިއާއި ގުޅިގެން ލުކްމަން ވަނީ އޭނާއަށް ލިބުނު "ހިތްދަތިކަމާއި ނުރުހުން" ފާޅުކޮށް ސޯޝަލް މީޑިއާގައި އެވާހަކަތައް ލިޔެފްއެވެ. ލުކްމަން ބުނީ އޭނާއަށް އެކަހެރިކޮށް މިފަދަ ގޮތަކަށް އަމާޒުކުރުމަކީ ހިތްދަތިކަމެއް ކަމަށާއި، އަދި އެކަމަކީ ވަރަށް ބޮޑު ނުރުހުމެއް ކަމަށެވެ.
ގަސްޕެރީނީ މި މައްސަލައިގައި މާފަށް ނޭދޭނެ ކަމަށް ބެލެވޭއިރު، ކްލަބުގެ މިލްކުވެރިޔާ ޕެރްކާސީ އުންމީދުކުރަނީ މި ދެމީހުންގެ ގުޅުން ސީޒަނުގެ ނިޔަލަށް ދެމެހެއްޓޭނެ ކަމަށެވެ. އެހެންނަމަވެސް، ލުކްމަން މި ސީޒަންގެ ނިޔަލަށް ކްލަބުން ބޭރުވާން އެދޭނެ ކަމަށް ބެލެވެއެވެ.
ލުކްމަންއަކީ އެޓަލާންޓާގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ މޫސުމުގައި ޔޫރަޕާ ލީގުގެ ފައިނަލްގައި ހެޓްރިކެއް ހަދާފައެވެ. 1963 ވަނަ އަހަރުން ފެށިގެން އެޓަލާންޓާއަށް ލިބުނު ފުރަތަމަ ބޮޑު މުބާރާތުގެ ތަށި ހޯދައިދީފައެވެ. އަދި އޭނާއަކީ މިދިޔަ މޫސުމުގެ އެޓަލާންޓާގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެފްރިކާގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެއެވެ.










