Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަށްތައް އަނބުރާ ނެގުމުގެ ބަދަލުގައި ސަރުކާރުން ބޭނުމީ ލުއި ދިނުން: ޠާރިޤު

ރަށްތައް އަނބުރާ ނެގުމުގެ ބަދަލުގައި ސަރުކާރުން ބޭނުމީ ލުއި ދިނުން: ޠާރިޤު

އައިޝަތު ރުވާ ރިފްޢަތު
523 ދުވަސް ކުރިން - 9 ފެބްރުއަރީ 2025 15:05
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ޚުލާސާ

8 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރަށްތައް ހިމެނޭއިރު ރައީސް ބޭނުންފުޅު ވަނީ މި ރަށްތައް ފަތުރުވެރިކަމަށް ނުނެރެވި ހުރި ސަބަބުތައް ދެނެގަނެ އިންވެސްޓަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުން.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައި ހުރި ރަށްތައް ސަރުކާރަށް އަނބުރާ ނެގުމުގެ ބަދަލުގައި، ސަރުކާރުން ބޭނުންވަނީ އިންވެސްޓަރުންނަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ 68 ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި 8 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ރަށްތައް ހިމެނޭ އިރު ސަރުކާރުން ބޭނުންވަނީ މި ރަށްތައް ފަތުރުވެރިކަމަށް ނުނެރެވި ހުރި ސަބަބުތައް ދެނެގަނެ އިންވެސްޓަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަސައްކަތްތައް ހުއްޓިފައި ހުރި ވާހަކަ ނުދައްކާ، ބޭނުންވަނީ އެކަންކަމަށް ޙައްލުތައް ހޯދާ ކުރިއަށްދެވޭނެ މަގުތައް ކޮށައިދޭން. ރައީސްގެވެސް ވިސްނުމަކީ މިއީ. އެކަމާއި ގުޅޭ ޤާނޫނުތަކާއި އުސޫލުތަކަށް ވެސް ބަދަލުތައް، ލުއިފަސޭހަވާނެ ގޮތަށް ގެންނަން ޖެހޭ." ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، ބޮޑެތި މަސައްކަތްތަކަށް ނަގަންޖެހޭ ހުއްދަތަށް ނެގުމާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްވެސް ވުޒާރާގެ ތެރޭގައި ލުއިފަސޭހަކުރުމަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، އިންޖިނިއަރިން ކޮންސަލްޓެންސީ ޕޫލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިކަމަށް ކޮންސަލްޓަންޓުން ހޯދުމަށް އަވަހަށް ހުޅުވާލާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު 176 ރިސޯޓް ތަރައްޤީކޮށް ޚިދުމަތްދެމުންދާއިރު، 165 ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރު 6 ރިސޯޓް ހުޅުވޭނެ ކަމަށް އަންދާޒާ ކުރާއިރު، މިއާއެކު ސިނާޢަތަށް 1290 އެނދު އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރަށް މަޖިލީހުގެ އިއްތިފާޤުން ރުހުން ދެއްވައިފި

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރަށް ރުހުން ދެއްވައިފި

515 ދުވަސް ކުރިން - 12:45

ދިވެހިން ފަޚުރުވެރިވާ ވުޒާރާއަކަށް ހެދުމަށް މަސައްކަތްކުރާނަން: ވަޒީރު ޠާރިޤް

ފަޚުރުވެރިވާ ވުޒާރާއަކަށް ހެދުމަށް މަސައްކަތްކުރާނަން: ވަޒީރު ޠާރިޤް

530 ދުވަސް ކުރިން - 05:14