އެމެރިކާގެ އެންމެ މަތީ މަދަނީ އިނާމު ކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ލިއޮނަލް މެސީއަށް ރައީސް ޖޯ ބައިޑަން ސަރުކާރުން ދީފިއެވެ. ނަމަވެސް ވަގުތުގެ ދަތިކަމުން މެސީއަށް އިއްޔެ ވައިޓްހައުސްއަށް މެސީއަށް ދެވޭ ގޮތެއް ނުވިއެވެ. މި ޝަރަފަކީ ފުޓްބޯޅައިގައި މެސީ ހޯދި ލާމަސީލު ކާމިޔާބީތަކާއި ލިއޯ މެސީ ފައުންޑޭޝަން މެދުވެރިކޮށް އޭނާ ކޮށްދެއްވި ހެޔޮއެދުންތަކާއި ޔުނިސެފްގެ ސަފީރެއްގެ ގޮތުގައި އޭނާ އަދާކުރި ދައުރުގެ އަގުވަޒަން ކުރުމެވެ.

ވައިޓް ހައުސްއިން ވަނީ އާޖެންޓީނާ، ސްޕެއިން، ސީރިއާ، އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ތައުލީމީ އަދި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް މެސީ ކުރި މަސައްކަތުގެ ވާހަކަ ދައްކައި ދުނިޔޭގެ ސިއްހަތާއި ތައުލީމަށް ޚިދުމަތް ކުރައްވާ ކަމަށް ތައުރީފުކޮށްފަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ މެސީ އޭނާގެ އުފަން ރަށް ރޮޒާރިއޯގައި ކުޑަކުދިންގެ އޮންކޮލޮޖީ ސެންޓަރެއް ގާއިމްކޮށް، ކުޑަކުދިންގެ ހައްގުތަކުގައި މަސައްކަތް ކުރެއެވެ.
1963 ވަނަ އަހަރު ރައީސް ޖޯން އެފް ކެނެޑީ އުފެއްދެވި ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް އަކީ ދުނިޔޭގެ ސުލްހައާއި އަގުތަކާއި ނުވަތަ ސަލާމަތަށް ޚާއްޞަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ދޭ މެޑަލެކެވެ. މީގެ ކުރިން ލިބުނު ފަރާތްތަކުގެ ތެރޭގައި މާޓިން ލުތަރ ކިންގް ޖޫނިއާ، ރޯޒާ ޕާކްސް، މުހައްމަދު އަލީ، އަދި މައިކަލް ޖޯޑަން ހިމެނެ އެވެ.
މެސީ ވެގެން ދަނީ ފުރަތަމަ ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން މި މެޑަލް ލިބުނު ފުރަތަމަ އާޖެންޓީނާ މީހާ އަށެވެ.









