އެމެރިކާގެ ލަސްވެގަސް ސްޓޭޓްގެ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓަލުގެ ބޭރުގައި ޓެސްލާގެ 'ސައިބަރ ޓްރަކް' ގައި އަލިފާން ރޯވެ އެކަކު މަރުވެ ހަތް މީހަކު ޒަހަމް ވެއްޖެއެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ބުނި ގޮތުގައި ލަސްވެގަސްގެ މެޓްރޮޕޮލިޓަން ޕޮލިހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ޑްރައިވަރު މަރުވެފައިވާ ކަމަށާއި ހަށިގަނޑު ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަތް މީހަކަށް އަނިޔާތަކެއް ލިބިފައިވާއިރު، އެތައް ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ލަސްވެގަސްގައި ހުންނަ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހޮޓަލުގެ އެންޓްރެންސް ބޭރުގައި ޕާކުކޮށްފައި އޮތީ އެލޮން މާސްކްގެ ކުންފުނި ޓެސްލާގެ ކާރެއް ކަމަށް ބުނެ އެވެ.
މި ހާދިސާގެ ފަހަތުގައި ޓެރަރިސްޓް ބަޔެއް އޮތް ކަމަށް ސަލާމަތީ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޖޯ ބައިޑެން ވަނީ މި ހާދިސާއާ ގުޅޭ ތަފްސީލީ މައުލޫމާތު ދީފައެވެ. މި ހާދިސާގެ ކުރިން، އާއަހަރު ފާހަގަކުރުމަށް އެއްވެ ތިބި މީހުންގެ ތެރެއަށް ޓްރަކެއް ވަދެ 15 މީހަކު މަރައިލިކަން ވެސް ފާހަގަ ކުރެވެއެވެ.
ޓެސްލާގެ ވެރިޔާ އީލޮން މަސްކް ކުރެއްވި އެކްސް ޕޯސްޓުގައި ޓެސްލާގެ މުޅި ސީނިއާ ޓީމުން މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި "މީގެ ކުރިން މިކަހަލަ ކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ.' ކަމަށް ބުނެފައި ވެއެވެ.
ހަބަރުތައް ބުނާ ގޮތުގައި ކާރުގައި ތިންގޮވުމެއް ގޮވިއެވެ.









