ގައުމީ އަންހެން ފުޓްބޯޅަ ޓީމު އިންޑިއާއާ ދެކޮޅަށް

އުސްތާޛް މުޙައްމަދު ޢަލީ | 343 ދުވަސް ކުރިން - 22 ޑިސެންބަރު 2024 11:53
ފައިލް ފޮޓޯ
ފައިލް ފޮޓޯ
ޚުލާސާ

ގައުމީ އަންހެން ފުޓްބޯޅަ ޓީމު އިންޑިއާއާ ދެކޮޅަށް ދެ މެޗު ކުޅޭގޮތަށް ހަމަޖެހެހިއްޖެ. ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހު. ދެވަނަ މެޗު އަންނަ މަހުގެ 2 ގައި.

ދިވެހިރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އިންޑިއާއާ ދެކޮޅަށް ދެ މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ހާމަކުރި ގޮތުގައި މި ދެ މެޗު ކުޅޭނީ އަންނަ ހަފުތާގައެވެ.

ބެންގަލޫރުގައި ބޭއްވޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. ދެވަނަ މެޗު ކުޅޭނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.

މި މެޗުތަކަކީ މި އަހަރު ނޭޕާލުގައި ބޭއްވުނު ސާފް ވިމެންސް ޗެމްޕިއަންޝިޕަށްފަހު، ރާއްޖޭގެ ގައުމީ އަންހެން ޓީމުން ކުޅޭ ފުރަތަމަ މެޗުތަކެވެ. ދުނިޔޭގެ އަންހެން ފުޓްބޯޅައިގެ ވަރލްޑް ރޭންކިންގގައި އިންޑިއާ އޮތީ 69 ވަނައިގައެވެ. ރާއްޖެ އޮތީ 163 ވަނައިގައެވެ.

ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ގައުމީ އަންހެން ޓީމު ވަނީ މި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައް ފަށާފައެވެ.

އަންހެން ފުޓްބޯޅައިގައި އިންޑިއާއާއި ރާއްޖެ މިހާތަނަށް ވަނީ 6 ފަހަރު ބައްދަލުކޮށްފައެވެ. މީގެ ތެރެއިން 5 މެޗުން އިންޑިއާ މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފައެވެ. އެއްވަރުވި މެޗަކީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ކުޅުނު މެޗެވެ. މި މެޗު ނިމުނީ 0-0 އިންނެވެ.

އިންޑިއާއިން ރާއްޖެ ބަލިކުރި މެޗުތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި 15-0 އިން ރާއްޖެ ބަލިވި މެޗާއި، އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 8-0 އިން ބަލިވި މެޗު ހިމެނެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 6-0 އިން އަދި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 5-0 އިން ރާއްޖެ ބަލިވިއެވެ. އެންމެ ފަހުން ބައްދަލުކުރި 2022 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިވީ 9-0 އިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%