Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ ކޮންސްޓްރަކްޝަން މިނިސްޓްރީގެ 38 މަޝްރޫޢު ނިމިއްޖެ

ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ ކޮންސްޓްރަކްޝަން މިނިސްޓްރީގެ 38 މަޝްރޫޢު ނިމިއްޖެ

އައިޝަތު ރުވާ ރިފްޢަތު
659 ދުވަސް ކުރިން - 19 ނޮވެންބަރު 2024 13:40
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް. - ސަރުކާރުގެ ފުރަތަމަ އަހަރުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ 38 މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް އެ މިނިސްޓްރީން ބުނި.
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް. - ސަރުކާރުގެ ފުރަތަމަ އަހަރުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ 38 މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް އެ މިނިސްޓްރީން ބުނި.
ޚުލާސާ

ޖުމްލަ 11 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢާއި އަދި މ. މުލި، އއ. މާޅޮސް، އއ. ތޮއްޑޫ އަދި އދ. ފެންފުށީގެ ބަނދަރު ހެދުމުގެ މަޝްރޫއުތައް ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރި.

މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ 38 މަޝްރޫޢެއް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫޢުތަކުގެ ތެރޭގައި ބިން ހިއްކުން، ބަނދަރު ހެދުން، މަގު ހެދުން އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިމެނޭކަމަށެވެ.

މިނިސްޓްރީން ބުނީ މަޝްރޫއުތައް ހިންގުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ސަރުކާރުން ރަށްރަށުގައި ހުއްޓާލާފައި ހުރި މަޝްރޫޢުތައް އަލުން ފަށަން ޖެހުންކަމަށެވެ. އަދި އޭރު ފާސްކޮށްފައި އޮތް ބަޖެޓުގެ ސަބަބުން މަޝްރޫޢުތައް ހިންގުމަށް ވެސް ދަތިތަކަކާ ކުރިމަތިލާންޖެހުނު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

މިހާތަނަށް ނިމިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫޢާއި، ނ. މާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން، ޖުމްލަ 11 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢު އަދި މ. މުލި، އއ. މާޅޮސް، އއ. ތޮއްޑޫ އަދި އދ. ފެންފުށީގެ ބަނދަރު ހެދުމުގެ މަޝްރޫޢުތައް ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފެނާއި ނަރުދަމާގެ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 29 މަޝްރޫޢު ނިމިފައިވާއިރު، އަންނަ މަހުގެ ނިޔަލަށް އިތުރު 26 މަޝްރޫޢު ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. އަދި ކުރީ ސަރުކާރުން ފެށި ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ މަޝްރޫއުގެ 28.7 އިންސައްތަ ނިމިފައިވާއިރު، މިހާރު 46.6 އިންސައްތަ ނިމިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

މި ހުރިހާ މަޝްރޫޢުތަކަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އިންޑިއާގެ ޓީމަކުން ތިލަމާލެ ބްރިޖްގެ މަސައްކަތް ބަލައިފި

އިންޑިއާގެ ޓީމަކުން ތިލަމާލެ ބްރިޖްގެ މަސައްކަތް ބަލައިފި

584 ދުވަސް ކުރިން - 15:02

މުއްޠަލިބް، ސައުދީގެ ހައުސިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

މުއްޠަލިބް ސައުދީގެ ހައުސިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

584 ދުވަސް ކުރިން - 10:47

ގުޅިފަޅުގެ މަގުތައް ހެދުމާއި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުން ޗައިނާގެ ސީއެމްއީސީ އަށް!

ގުޅީފަޅުގެ މަގުތައް ހަދަން ޗައިނާގެ ސީއެމްއީސީއަށް

611 ދުވަސް ކުރިން - 13:28

ރަސްމީ ފާލަމުގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިމޭނެ: މިނިސްޓަރު މުއްތަލިބް

ރަސްމީފާލަމުގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިމޭނެ

616 ދުވަސް ކުރިން - 14:18

އިވެންޓުތައް ބާއްވަން ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

617 ދުވަސް ކުރިން - 13:30

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާގެ އެހީ

މާލޭގެ މަގުތައް ހަދާނީ ދާއިމީ ހައްލު ލިބޭގޮތަށް

620 ދުވަސް ކުރިން - 20:47

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%