ފްރާންސް މިމަހު ކުޅޭ ނޭޝަންސް ލީގުގެ ދެމެޗުން އެމްބާޕޭ ބާކީ ކޮށްފިއެވެ. އެއީ އިސްރާއީލާއި ދެކޮޅަށް ފުރާންސް ކުޅޭ މެޗާއި އިޓަލީއާއި ދެކޮޅަށް ކުޅޭ މެޗުގައެވެ.ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝަމްޕްސް ރިއަލް މެޑްރިޑްގެ ފޯވަޑް ކައިލިއަން އެމްބާޕޭ ބާކީކުރިއިރު މިއީ އެމްބާޕޭ ވިދިވިދިގެން ހަތަރު މެޗުން ބާކީވާ ފުރަތަމަ ފަހަރު ކަމަށް ފާހަގަކުރެވެއެވެ.އެމްބާޕޭ ބާކީކުރި ސަބަބު ކޯޗު ޑެޝަމްޕްސް ސާފުކޮށް ބަޔާންކޮށްފައި ނުވާއިރު އޭނާވަނީ އެމްބާޕޭ ޓީމާއި ގުޅެން ބޭނުންވި ކަމަށްވެސް ފާހަގަކޮށްފައެވެ.ފާހަގަކޮށްލެވޭ ކަމަކީ، 25 އަހަރުގެ އެމްބާޕޭ މި ސީޒަނުގައި ޕީއެސޖީން ރިއަލް މެޑްރިޑަށް ބަދަލުވުމަށްފަހު ފޯމު ދަށްވެފައިވާ ކަމެވެ. ވޭތުވެދިޔަ މަހު އިސްރާއީލާއި ދެކޮޅަށް ކުޅުނު މެޗާއި ބެލްޖިއަމާއި ދެކޮޅަށް ފުރާންސް ކުޅުނު މެޗުންވެސް އޭނާ ނުފެނެއެވެ..ޑެޝަމްޕްސް ނޫސްވެރިންނާއި ވާހަކަދައްކަމުން ބުނެފައިވަނީ، އެމްބާޕޭއާ މަޝްވަރާކުރުމަށްފަހު މި ދެމެޗަށް އެކަނި ނިންމި ނިންމުމެއް ކަމަށް އެންގި ކަމަށާއި، އެމްބާޕޭ ފުރާންސް ޓީމާއި ގުޅެން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.އަނެއްކޮޅުން، ފްރާންސް މިހާރު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އެންމެ ފަހުން ކުޅުނު 3 މެޗުންވެސް ފުރާންސް ވަނީ މޮޅުވެފައެވެ. އެޓީމަށް 4 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. ބަލިވީ ހަމައެކަ އަމިއްލަ ދަނޑުގައި ސެޕްޓެމްބަރުގައި އިޓަލީއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުން ބަލިވީ 1-3 ލަނޑުންނެވެ.މި ގުރޫޕްގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކު އިޓަލީއެވެ. އިޓަލީ އާއި ބެލްޖިއަމް އޮކްޓޯބަރު 10 ވަނަ ދުވަހު ކުޅުނު މެޗުން 1-1 ލަނޑުން ވީ އެއްވަރެވެ.އެމްބާޕޭއާއި ނުލައި އިޓަލީއާއި ދެކޮޅށް ސެންސީރޯގައި ފްރންސް ނުކުންނާނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. މިއީ މުހިންމު މެޗަކަށްވާއިރު، 0 ޕޮއިންޓާއެކުު އޮތް އިސްރާއީލާއި ދެކޮޅަށް ފުރާންސް ކުޅޭނީ ބުރާސްފަތި ދުވަހުއެވެ.


