ރޮޗްޑޭލްގެ ކުރީގެ މިޑްފީލްޑަރަށް ފުރަތަމަ ހޮޑްކިން ލިމްފޯމާ ޖެހިފައިވާކަން އެނގުނީ 2013 ވަނަ އަހަރު ކަމަށާއި އޭނާ ރަނގަޅުވީ - އޭގެ ހަތަރު އަހަރު ފަހުންނެވެ.
އުމުރުން 35 އަހަރުގެ ސެންޓޭ ދެވަނަ ފަހަރަށް ރަނގަޅުވެ، 2017 ވަނަ އަހަރު އެނބުރި ކުޅުމަށް އައިސް އޭނާގެ ޓީމު ލީގު އެކެއްގައި ހިފެހެއްޓި މުހިންމު ގޯލެއް ކާމިޔާބުކުރި އެވެ.
އެކަމަކު "ހަށިގަނޑުގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށްފަހު ތޮމްޕްސަން އަށް 2019 ވަނަ އަހަރު މުޅި ސީޒަނުގައި ކުޅެވުނީ އެންމެ މެޗެކެވެ.
އޭނާގެ ކެރިއަރުގައި 225 ޕްރޮފެޝަނަލް މެޗު ކުޅުނުއިރު، ގިނައިން ރޮޗްޑޭލްގައި ކުޅުނު ނަމަވެސް، ޓްރާންސްމިއާ ރޯވާސް، ކާލައިލް ޔުނައިޓެޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތު އެކަޑަމީގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ.
މިހާރު އޭނާ ވަނީ ހަމަ އެ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ފެނިފައިވާކަން ހާމަކޮށްފައިވާއިރު، އެ ކެންސަރު އޭގެ ހަތަރުވަނަ މަރުހަލާއަށް ގޮސް ފުއްޕާމޭއަށް ފެތުރިފައެވެ
އޭނާއަށް ކެންސަރު ޖެހުނުކަން އެންމެ ފުރަތަ އެނގުނީ ކަރުން ފެނުނު ޓިއުމަރަކުން ކަމަށާއި ދެން އޭގެ ހަތަރު އަހަރު ފަހުން އޭނާގެ ހިތުގެ ކައިރީގައި އިތުރު ބޮޑުވުމެއް ފެނި ކެންސަރު އަސަރު އަލުން ފެނުނު ކަމަށެވެ. އޭރު އޭނަ ގަވާއިދުން ފުޓްބޯޅަ ކުޅެމުން ދިޔަނަމަވެސް އެކަން އެނގުމަށްފަހު އޭނާ "ޓޯޓަލީ ކެޗްޑް އޮފް ގާޑް" ވެފައިވާ ކަމަށެވެ.
ކެންސަރުގެ ވާހަކަ ހާމަ ކުރަމުން މިސްޓަރ ތޮމްޕްސަން ބުނެފައިވަނީ އޭނާގެ ޑައިގްނޯސިސްއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އެ ޚަބަރާއި ކުރިމަތިލުމަށް އެހީތެރިވެދީފައިވާ ކަމެއް ކަމަށެވެ. ކެންސަރާއި ބެހޭގޮތުން ތޮމްޕްސަން އިތުރަށް ވާހަކަ ދައްކަމުން ބުނީ "ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެއް. އަހަރެމެންނަށް އެނގޭ މުޅި ދުނިޔޭގައި ކެންސަރު އިތުރުވަމުންދާކަން، އެކަމަކު އަހަންނަށް މިފަހަރު، ތިން ވަނަ ފަހަރު ކަމަށްވާތީ، އަހަރެން ވަރަށް ބޭނުން މިހެންވަނީ އަސްލު ކީއްވެގެންތޯ ބަލަން".



