މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިހިނގާ ސައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ޚިދުމަތްދޭ ގަޑި ރަމަޟާންމަހެކޭ އެއްގޮތަށް އެޖެސްޓްކޮށްފައިވާތީ، އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލްތައް ބޭނުންކޮށްގެން ފައިސާ ދެއްކުމަށް ހަނދާންކޮށްދީ އިލްތިމާސްކޮށްފި އެވެ.
އެ ސެންޓަރުން ޚިދުމަތަށް އެދޭ ފަރާތްތަކަށް ޓޯކަން ނަންބަރު ދޫކުރާނީ ހެނދުނު 09:00 އާއި މެންދުރު 12:00 އާ ދެމެދު އެވެ.
ޓޯކަން ނަންބަރު ޓެކްސްޕޭޔަރ ސާވިސް ސެންޓަރުގެ އިތުރުން މީރާގެ މޯބައިލް އެޕްލިކޭޝަނާއި ކިއު ބީ އެޕްލިކޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.
ކަނޑައެޅިފައިވާ މިދުވަސްތަކުގައި މީރާގެ ހޮޓްލައިން ނަންބަރު 1415، ވެބްސައިޓް، ލައިވް ޗެޓް ސާވިސް، އަދި ވައިބަރ ނަންބަރު 9821415 ހިމެނޭ ގޮތަށް އެކި ޗެނަލްތަކުން އެހީތެރިކަން ފޯރުކޮށްދޭއިރު، މި ހުރިހާ ޗެނަލްތަކެއް ވެސް ހެނދުނު 09:00 އިން މެންދުރު 01:00 އަށް ލިބޭނެއެވެ. އެ އޮތޯރިޓީގެ ވެބްސައިޓަކީ https://mira.gov.mv/ އެވެ.
ޕްރޮސެސްތައް ސްޓްރީމްލައިންކޮށް އެކްސެސިބިލިޓީ އިތުރުކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ރިޓަން ހުށަހެޅުމާއި ފައިސާ ދެއްކުން ހިމެނޭ ގޮތަށް ހުރިހާ ހިދުމަތަކަށް އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރުމަށް މީރާއިން ބާރުއަޅަ އެވެ.



