ޕެރޫގެ ކުރީގެ ރައީސް އަލްބެރްތޯ ފުޖިމޮރީ 86 އަހަރުގެ އުމުރުފުޅުގައި އިއްޔެ އަވަހާރަވެއްޖެއެވެ. ފުޖިމޮރީ އަވަހާރަވީ 2026 ގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވަނިކޮށެވެ.
1938 ޖުލައި 28 ގައި، ޕެރޫގެ މިނިވަން ދުވަހު އުފަންވެވަޑައިގެންނެވި ފުޖިމޮރީ، 1990 ގެ އަހަރުތަކުގައި ޕެރޫގެ ރައީސްކަން ކުރެއްވިއެވެ. އޭނާގެ ވެރިކަމުގައި ޕެރޫގެ އިޤްތިޞާދު ކުރިއަރުވައި، މައޮއިސްޓު ހަތިޔާރުޔާރުއެޅި ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކުރެއްވިއެވެ. މީގެ އިތުރުން އިންފްލޭޝަންގެ މައްސަލަ ހައްލުކުރައްވައި، ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރައްވައި، ވިޔަފާރީގެ ޑިއުޓީތައް ކުޑަކުރެއްވިއެވެ.
ނަމަވެސް، ފުޖިމޮރީއާ ދެކޮޅަށް ވެރިކަމުގެ ބާރުތައް އަތުލުމާއި، ޚުދުމުޚްތާރު ވެރިއެއްގެ ގޮތުގައި ޢަމަލުކުރުމާއި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކަށް އަމުރުކުރުމުގެ ތުހުމަތުތައް ކުރެވުނެވެ. 2000 ވަނަ އަހަރު ތިންވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު، ޚިޔާނާތުގެ ތުހުމަތުގައި އަލްބެރްތޯ ފުޖިމޮރީ ޤައުމުން ފިލިއެވެ.
2007 ގައި ޕެރޫއަށް އެނބުރި ދިއުމަށް މަސައްކަތްކުރަނިކޮށް ޗިލީގައި ހައްޔަރުކުރެވުނެވެ. 2009 ގައި ފުޖިމޮރީއަށް 25 އަހަރުގެ ޖަލު ޙުކުމެއް އިއްވުނެވެ. 2017 ގައި ކުރީގެ ރައީސް ކުޗިންސްކީ ފުޖިމޮރީއަށް މަޢާފުދިން ނަމަވެސް، ފަހުން ދުސްތޫރީ ކޯޓުން އެ މަޢާފު ބާޠިލުކުރިއެވެ. ނަމަވެސް، 2023 ގައި ފުޖިމޮރީއަށް އަލުން މަޢާފުދީ މިނިވަންކުރެވުނެވެ.
ފުޖިމޮރީގެ ދަރިކަނބަލުން ކެއިކޯ އޭނާގެ ހަޔާތާއި ވެރިކަން ދިފާޢުކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. 2024 ގެ މޭ މަހު ފުޖިމޮރީ ޓިޔުމަރަކަށް ފަރުވާ ހޯދަން ފެށިއެވެ. އަދި އެންމެ ފަހުން 2026 ގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވަނިކޮށް އަވަހާރަވެއްޖެއެވެ.އަވަހާރަވީ 2026ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައި ވަނިކޮށެވެ.










