އެން.ބީ.އޭގެ ސުޕަރސްޓާރ ސްޓީފަން ކަރީ ވަނީ ގޯލްޑަން ސްޓޭޓް ވޯރިއާޒްއާއެކު އެއް އަހަރު ދުވަހުގެ 62.6 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމާއެކު ކަރީ 2026-27 ވަނަ ސީޒަނުގެ ނިޔަލަށް ވޯރިއާޒްގައި ދެމިހުންނަވާނެއެވެ.
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ބާސްކެޓް ކުޅުންތެރިޔާއަށް ގާތްގަނޑަކަށް 178 މިލިއަން ޑޮލަރު ލިބޭނެއެވެ. މިއާއެކު އޭނާގެ މުޅި ކެރިއަރުގެ އާމްދަނީ (ނެޓްވޯތް) 532މިލިއަން ޑޮލަރަށް އަރާނެއެވެ. މިއީ އެން.ބީ.އޭގެ ތާރީޚުގައި ލެބްރޯން ޖޭމްސްގެ ފަހުން އެންމެ މަތީ އާމްދަނީއެވެ.
އެން.ބީ.އޭގެ ތާރީޚުގައި އެންމެ ގިނަ ތްރީ ޕޮއިންޓަރ ޖަހާފައިވާ ކުޅުންތެރިޔާ ކަމުގައިވާ ކަރީ ވަނީ 2024 ވަނަ އަހަރު ޕެރިސްގައި ބޭއްވުނު އޮލިމްޕިކްސްގައި ޓީމް ޔޫއެސްއިން ރަން މެޑަލް ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެން.ބީ.އޭގެ ހަތަރު ޗެމްޕިއަންޝިޕަކާއި ވިދިވިދިގެން ދެ އަހަރު އެމް.ވީ.ޕީ އެވޯޑު ހޯއްދަވާފައިވާ ކަރީއަކީ ވޯރިއާޒްގެ ކާމިޔާބީގެ މައިގަނޑު ތަނބެވެ.
މި އެއްބަސްވުމަކީ ވޯރިއާޒްގެ ފްރެންޗައިޒްގެ މުސްތަޤުބަލަށް ވަރަށް މުހިންމު އެއްބަސްވުމެކެވެ.



