Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވުން: ވަކިވެގެން އެދިޔައީ ދިވެހިރާއްޖެ ނުދެކޭފަދަ ޢިލްމީ ބޮޑު ތަރިކައެއް!

ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވުން: ވަކިވެގެން އެދިޔައީ ދިވެހިރާއްޖެ ނުދެކޭފަދަ ޢިލްމީ ބޮޑު ތަރިކައެއް!

ޢަބްދުﷲ ޖުނައިދު
2 ގަޑިއިރު ކުރިން - 21 ޖޫން 2026 21:09
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު ރަޙިމަހުالله.
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު ރަޙިމަހުالله.
ޚުލާސާ

ދައުލަތާއި އެއްކޮޅަށް މައްސަލައެއް ނިންމުމުގައި މާތްﷲ އަށް ބިރުވެތިވާކަމަށް ވިދާޅުވެ ޤާޟީކަން ދޫކުރެއްވި ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު ވަނީ އެމަނިކުފަނުގެ އަތްޕުޅުން ވަރަށް ގިނަ ޢިލްމުވެރިން އުފެއްދުމުގައި އެހީތެރިވެވަޑައިގެންފަ.

ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމާއި ޢަރަބި ބަސް ކުރިއެރުވުމަށް ބައި ޤަރުނަށް ވުރެ ގިނަ ދުވަހު ޢަމަލީގޮތުން ބުރަ މަސައްކަތްތަކެއް ކުރެއްވި، ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު ވަނީ އަވަހާރަވެފައެވެ. އެމަނިކުފާނު އަވަހާރަވުމަކީ މުޅި ދިވެހި އުންމަތަށާއި، ޚާއްޞަކޮށް ރާއްޖޭގެ ދީނީ ޢިލްމީ މައިދާނަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ދެރައެކެވެ. ދީނީ ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި، މިއަދު ދިވެހި ފަސްގަނޑާއި ވަކިވެގެން އެދިޔައީ މި ރާއްޖެ ނުދެކޭ ފަދަ ޢިލްމީ ބޮޑު ތަރިކައެކެވެ.

އެމަނިކުފާނަކީ ރާއްޖޭގައި އިސްލާމީ ތަޢުލީމުގެ ބިންގާ އެޅުއްވުމަށްޓަކައި، އަމިއްލަފުޅަށް 'ތޮއިބާ ސްކޫލް' ގެ ނަމުގައި މަދަރުސާއެއް އުފައްދަވައި، އެތައް ބަޔަކަށް ދީނީ ޢިލްމާއި ޢަރަބި ބަސް އުނގަންނައިދެއްވި މުއައްސިސެކެވެ. ސިޔާސީ ގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާ ހުރެ، އެ މަދަރުސާ ބަންދުކޮށް، އެމަނިކުފާނުގެ އަމިއްލަ ބިން ދައުލަތަށް ނެގި ނަމަވެސް، އެމަނިކުފާނު ވަނީ ރާއްޖޭގެ ދީނީ ޢިލްމީ ބިނާގެ މައިގަނޑު އަސާސްތައް ދަމަހައްޓަވައިދެއްވާފައެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދަކީ ސަޢޫދީ ޢަރަބިއްޔާގެ މާތްވެގެންވާ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވި ދިވެހި ދަރިވަރެވެ. ރާއްޖެއަށް އެނބުރި ވަޑައިގެން، ފަނޑިޔާރުކަމުގެ މަތީ މަޤާމު ފުރުއްވުމުގެ އިތުރުން، އެމަނިކުފާނު ވަނީ އިސްލާމްދީނުގެ އެކި މައުޟޫޢުތަކަށް އަމާޒުކުރައްވައި 40 އަށްވުރެ ގިނަ ފޮތް ލިޔުއްވައި ޝާއިޢުކުރައްވާފައެވެ. އެމަނިކުފާނުގެ މި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ވަނީ އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ލަޤަބުވެސް އަރުވާފައެވެ.

Advertisement

Advertisement 1

އެމަނިކުފާނުގެ ޢިލްމީ ޙަޔާތްޕުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، އަމިއްލަފުޅަށް އިސްނަންގަވައިގެން ރާއްޖޭގެ 100 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭރުގެ އިސްލާމީ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމުގެ ފުރުޞަތު ހޯއްދަވައިދެއްވުމެވެ. މިއަދު ރާއްޖޭގެ ދީނީ އަދި އިޖުތިމާޢީ މައިދާނުގައި ފާހަގަކޮށްލެވޭ ބޮޑެތި އެތައް ޢިލްމުވެރިންނަކީ އެމަނިކުފާނުގެ އަތްޕުޅުން ބިނާވެ، އެހީތެރިކަން ލިބިގެން ކުރިއަށްދިޔަ ބޭފުޅުންނެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދުގެ އެހީތެރިކަމާއެކު ބިނާވި މުހިންމު ބައެއް ޢިލްމުވެރިން

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ (މަރުޙޫމް): ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ފާހަގަކޮށްލެވޭ ބޮޑު މުފައްސިރެއް.

ޑރ. ޢަލީ ޒާހިރު: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް އަދި މަތީ ތަޢުލީމީ ދާއިރާގެ މުހިންމު ބޭފުޅެއް.

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ވައިސް ޗާންސެލަރު.

ޑރ. ޙަސަން ޞަޢީދު: ދީނީ އަދި ޤާނޫނީ ދާއިރާގެ ފާހަގަކޮށްލެވޭ ބޭފުޅެއް.

ޝައިޚް ފައްޔާޟް ޢަލީ މަނިކު: ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެއް.

މިއަދު ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔުއްވި ނަމަވެސް، އެމަނިކުފާނު ދޫކުރެއްވި ޢިލްމީ ފޮތްތަކާއި، ބިނާކުރެއްވި ޢިލްމުވެރިންގެ ސަބަބުން އެ ޢިލްމީ ތަރިކަ ދިވެހި ފަސްގަނޑުގައި ދާއިމަށް ދެމިއޮންނާނެއެވެ.

ޢިލްމީ މަރުކަޒުތައް ބިނާކުރެއްވުމާއި، ޢަދުލުއިންޞާފުގެ ދާއިރާއަށް ބަލާއިރު، އެމަނިކުފާނަކީ ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ރާއްޖޭގެ ފަނޑިޔާރުކަން (ގާޒީކަން) ކުރެއްވި ބޭފުޅެކެވެ.

ފާހަގަކޮށްލެވޭ އެންމެ މުހިއްމު ކަމަކީ ދައުލަތާއި އެއްކޮޅަށް މައްސަލައެއް ނިންމުމުގައި މާތްﷲ އަށް ބިރުވެތިވާކަމަށް ވިދާޅުވެ ޤާޟީކަން ދޫކުރައްވައި ގެއަށް ވަޑައިގެންނެވިކަމެވެ.

މާތްﷲ މަރުޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން.

ޝައިޚް އިސްމާޢީލް މުޙައްމަދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ދީނީ ޢިލްމުގެ އުސްތާޒު، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެ

ރާއްޖޭގެ ދީނީ ޢިލްމުގެ އުސްތާޒު، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެ

14 ގަޑިއިރު ކުރިން - 08:55