ހުރްމުޒް ކަނޑުގެ ސަރަޙައްދަށް އަޅާފައިވާ މައިންތައް ނަގައި އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ރައްކާތެރިވާނެ މާހައުލެއް ގާއިމް ކުރުމަށް އެމެރިކާ އާއި އެކު އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ބަންދު ކޮށްފައިވާ ދުނިޔޭގެ އެންމެ ބިޒީ އެއް ކަނޑުއޮޅި ހުޅުވުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ އެ ކަނޑުއޮޅި އަލުން ހުޅުވާލުމުގެ މަރުހަލާގެ ތެރެއިން ބާކީ ހުރި މައިންތައް އެކީއެކަށް ނަގާނެ ކަމަށެވެ.
ފާރިސީ ގަލްފާއި ބައިނަލްއަގްވާމީ ކަނޑުތަކާ ގުޅުވައިދޭ ހުރްމުޒް އިން ދުވާލަކު އެތައް މިލިއަން ފީފާއެއްގެ ތެޔޮ ހިފައިގެން ދަތުރުކުރެއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ދަނީ މައިންތައް ސާފުކުރަމުން ކަމަށާއި، އީރާނުން ވަނީ މައިންތައް ސާފުކުރުމަށް އެއްބަސް ވެފައެވެ
މިކަމާއި ގުޅިގެން އީރާނުން އަދި ވަކިއެއްޗެއްްްٖ ނުބުނެއެވެ.








