އީރާނު ހަނގުރާމައިގައި އެމެރިކާގެ 40 އަށްވުރެ ގިނަ އެއާކްރާފްޓް ހަލާކުވެއްޖެ ކަމަށް އެމެރިކާގެ ކޮންގްރެސް ރިސާޗް ސާވިސް އާއި ގުޅިފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި އީރާނު ހަނގުރާމައިގައި އެމެރިކާގެ މަދުވެގެން 42 އަސްކަރީ މަތިންދާބޯޓު ވަނީ ހަލާކުވެފައެވެ.

ރިޕޯޓުގައިވާ ބައެއް ތަފްސީލަށް ބަލާއިރު، އެމެރިކާ އަސްކަރިއްޔާގެ އެންމެ ޒަމާނީ ބައެއް މަތިންދާބޯޓުތަކާއި ޑްރޯންތައް ވަނީ ފުނޑިފައެވެ. އޭގެތެރޭގައި އެފް-15އީ ގެ 4 ފައިޓާޖެޓު ވެސް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން ސްޓްރައިކް އީގަލްސް އާއި އޭ-10 އާއި އެމްސީ-130ޖޭ ވެސް ހިމެނެއެވެ.

އެންމެ ޒަމާނީ 24 ޑްރޯން ވެސް ފުނޑިފައި ވާއިރު ޖައްވުގައި އޮވެގެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ހަތް މަތިންދާބޯޓަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.