Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނު ހަނގުރާމަ ހުއްޓާލާ ވަގުތު ކައިރިވެއްޖެ ކަމަށް ޓްރަމްޕް ބުނެފި

އީރާނު ހަނގުރާމަ ހުއްޓާލާ ވަގުތު ކައިރިވެއްޖެ ކަމަށް ޓްރަމްޕް ބުނެފި

ހުސައިން އިސްމާއިލް
101 ދުވަސް ކުރިން - 20 މެއި 2026 10:18
އަޅުގަނޑު ބޭނުމެއް ނޫން އެމީހުންގެ ލީޑަރުން ނެތް ކަމަށް ބުނަން، އެއީ މާ ސަޅި ކަމެއް ނޫން، އެކަމަކު އެއީ ތެދެއް: ޓްރަމްޕް
އަޅުގަނޑު ބޭނުމެއް ނޫން އެމީހުންގެ ލީޑަރުން ނެތް ކަމަށް ބުނަން، އެއީ މާ ސަޅި ކަމެއް ނޫން، އެކަމަކު އެއީ ތެދެއް: ޓްރަމްޕް
ޚުލާސާ

އެއްވެސް ހާލެއްގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ހުއްދަ އީރާނަށް ނުދެވޭނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވި

އީރާނު ހަނގުރާމަ ހުއްޓާލާ ވަގުތު ކައިރިވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ވަނީ އީރާނުގެ ނޭވީ ފޮހެލައި އަސްކަރިއްޔާގެ އެތައް ބަޔަކު މަރާލާފައި ކަމަށާއި، އީރާނު މިހާރު “ވަރުބަލިވެއްޖެ” ކަމަށެވެ.

ފަހުގެ ޙަމަލާތަމުގެ ސަބަބުން އީރާނުގެ ގާބިލްކަން ދަށްވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ އަސްކަރިއްޔާގެ ބާރު ގަދަކަން ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement 1

"އަޅުގަނޑުމެންގެ އަސްކަރިއްޔާ އަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރިއްޔާ...އަޅުގަނޑުމެން އެމީހުންގެ ނޭވީ ފޮހެލީ. އެމީހުންގެ ވައިގެ ސިފައިން ނެތިގެން ދިޔައީ. އެމީހުންގެ އެންޓި އެއާކްރާފްޓް ނެތިއްޖެ. ހަނގުރާމައަށް ބޭނުންކުރާ ހުރިހާ މެޓީރިއަލްއެއް ނެތިއްޖެ...އަޅުގަނޑު ބޭނުމެއް ނޫން އެމީހުންގެ ލީޑަރުން ނެތް ކަމަށް ބުނަން، އެއީ މާ ސަޅި ކަމެއް ނޫން، އެކަމަކު އެއީ ތެދެއް،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އެއްވެސް ހާލެއްގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ހުއްދަ އީރާނަށް ނުދެވޭނެ ކަމަށެވެ.

މި މޭރުމުން ޓްރަމްޕް ވިދާޅުވިއިރު، އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައިގައި މުޅި ދުނިޔެއަށް ފެނިގެން ދިޔައީ ސުޕަޕަވަރޭ ކިޔައިގެން އުޅޭ އެމެރިކާ އަށް އީރާނު ކުރިމަތީގައި ފަޟީޙަތް ވި މަންޒަރެވެ. މެދުއިރުމައްޗާއި ގަލްފުގައިވާ އެމެރިކާގެ ބޭސްތައް ފުނޑިގެން ދިޔަ މަންޒަރެވެ. އެމެރިކާ އިން ބޭނުން ވީ އީރާނުގައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދާށެވެ. ނަމަވެސް އެކަން ވެސް ނުވިއެވެ.

ހަނގުރާމައިގައި އީރާނުގެ އެތައް ހާސް ބަޔަކު މަރުވެ އިންފްރާސްޓްރަކްޗަރު ސުންނާފަތިވާ ހިސާބަށް ދިޔުމުން، ބާރު ގަދަ ގައުމުތަކުގެ ޕްރެޝަރާއި އެކު ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް ފެށީ ޕާކިސްތާނުގެ އިސްނެގުމަށެވެ. ޕާކިސްތާނުގެ މެދުވެރިކަމުގެ ތެރެއިން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ނަމަވެސް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުން ދެމިއޮންނަ އެއްބަސްވުމެއް ނުފެނުނެވެ.

އީރާން - އެމެރިކާއީރާންއީރާން ކްރައިސިސް 2026ޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

16 ގަޑިއިރު ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

11 ދުވަސް ކުރިން - 11:21

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

12 ދުވަސް ކުރިން - 11:18