ދުޝްމަނުންނާއި ދެކޮޅަށް އީރާނުން ދެން ދޭނެ ރައްދު ޙަމަލާ އިހުނަށް ވުރެ މާވަރުގަދަ ވާނެ ކަމަށް ބުނެ އީރާނުގެ ޚަތަމް އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކޮމާންޑަރު އިންޒާރު ދެއްވައިފިއެވެ.
މޭޖަރ ޖެނެރަލް އަލީ އަބްދުالله ޢަލީއާބާދީ ވިދާޅުވީ އީރާނުގެ އަސްކަރިއްޔާ މިހާރު ކުރިއަށްވުރެ ވަރުގަދަވެ ތައްޔާރުވެފައިވާ ކަމަށާއި، ބާރުތައް ތިބީ ހައި އެލާޓުގައި "ޓްރިގަރުގައި އިނގިލިތައް ޖައްސައިގެން" ކަމަށެވެ.
އީރާނުން މި އިންޒާރު ދިނީ ގަޑި ހިނގަމުންދާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕު އެދިލެއްވީ އެމެރިކާ އިން ރުހޭ ގޮތަށް އީރާނުން ނިއުކްލިއާ މަޝްރޫޢު ހުއްޓާލައި ޔުރޭނިއަމްތައް ޙަވާލުކޮށް، މިސައިލްތަކުގެ ރޭންޖު ދަށްކުރުމާއި ބެހޭ ގޮތުން އަވަސް ޖަވާބެއް ދިނުމަށެވެ.
ނަމަވެސް މިއިން އެއްވެސް ކަމަކަށް އީރާނުން މިހާތަނަށް އެއްބަސް ވެފައެއް ނުވެއެވެ، އީރާނުން ބުނަނީ މިއީ މަޝްވަރާ ކުރެވޭނެ ކަންކަމެއް ނޫނެވެ.










