މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި އެމެރިކާގެ ނޭވީގެ އެންމެ ބޮޑު އަދި އެންމެ އާ މަތިންދާބޯޓު އުފުލާ ނިއުކްލިއާ މަނަވަރު ކަމަށްވާ ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް، އެމެރިކާ އަށް މިސްރާބު ޖަހައިފިއެވެ.
މި ނިއުކްލިއާ މަނަވަރު ވާޖީނިއާއަށް މިސްރާބު މި ޖެހީ ކަނޑުގައި 300 އަށް ވުރެ ގިނަ ދުވަހު، ރެކޯޑް އަދަދަކަށް ވަގުތު ހޭދަކުރުމަށް ފަހު ކަން ފާހަގަ ކުރެވެއެވެ.
އެމެރިކާގެ މި މަނަވަރުގެ ދިގު މިޝަންގެ ތެރޭގައި އީރާނާ ގުޅުން ހުރި އޮޕަރޭޝަންތަކާއި ކެރީބިއަން ސަރަހައްދުގައި ހިންގާ މިޝަންތަކާއި ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ އަތުލައިގަތް މިޝަނާއި ގުޅުން ހުރި މަސައްކަތް ހިމެނެއެވެ.
މި މިޝަންގައި މަނަވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އިރު އޭގެ ތެރޭގައި އަލިފާނުގެ ހާދިސާ ތަކާއި، ފާޚާނާތަކުގެ ފެން ބޮޑުވެ، ލީކުވެ، އެންމެ ފަހުން ފަޅުވެރިން އެއިން ފައިބައި ހިކިފަސްތަނުގައި ނިދަން ޖެހުނުކަން ފާހަގަ ކުރެވެއެވެ. ޔޫއެސް އަސްކަރިއްޔާ އިން ކުރިން ބުނެފައި ވަނީ އޭގެ ލޯންޑްރީގައި އަލިފާން ރޯވެ، ރޫމްތަކުގައި ނިދަން ތިބި ސިފައިންނަށް އަނިޔާވި ކަމަށެވެ.
އަދި ތަކުރާރުކޮށް ޕްލަމްބިން ފެއިލް ވުމުގެ ކަންކަން ވެސް މި މަނަވަރަށް ކުރިމަތިވިއެވެ. އޭގެ ތެރޭގައި ފާޚާނާ ސިސްޓަމްތައް ހަލާކުވުން ވެސް ހިމެނެއެވެ.
މި މަނަވަރު އެނބުރި އެމެރިކާ އަށް މިސްރާބު މި ޖެހީ މެދުއިރުމަތީގައި ހާއްސަކޮށް އީރާނުގައި ނާކާމިޔާބާއި ކުރިމަތިލުމަށް ފަހުގައެވެ.










