ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމުގެ މަގުސަދުގައި އެމެރިކާ އިން 14 ނުކުތާގެ އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމުގައި އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުން ވަގުތީ ގޮތުން ހުއްޓުވުމާއި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިކުރުމާއި، ފްރީޒް ކޮށްފައިވާ އީރާނުގެ އެސެޓްތައް ދޫކުރުމާއި، ހުރްމުޒް ކަނޑުގެ ފިތުނަތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމެނޭ ކަމަށް ހުޅަނގުގެ މަސްދަރުތައް ބުނެއެވެ.
އަދި މި އެއްބަސްވުމުގެ ޑްރާފްޓުގެ ސަބަބުން ނިއުކްލިއާގެ މަޝްވަރާތަކާއި ސަރަހައްދީ ސަލާމަތާ ބެހޭ މަޝްވަރާތަކަށް 30 ދުވަހުގެ މަޝްވަރާ މުއްދަތެއް ލިބިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދަނީ ގަލްފް ސަރަހައްދުގައި ހިނގަމުންދާ ދަތިތަކާއި ގުޅިގެން ހަފްތާތަކެއް ވަންދެން މަސްރަހު ހޫނުވެފައި ވަނިކޮށެވެ. ޕާކިސްތާނާއި ސަރަހައްދީ ގައުމުތަކުން މެދުވެރިވުމުގެ މަސައްކަތްތަކުގެ ސަބަބުން ދެ ފަރާތް ވެސް އެއްބަސްވުމާ ގާތަށް ގެންދިއުމަށް އެހީތެރިވެދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެމެރިކާ އިން ގަދަބާރުން އުޅެގެން އީރާނުން ދުލެއް ނުދޭނެއެވެ. އީރާނުން ކުރިން ބުނެފައި ވަނީ ނިއުކްލިއާ ވާހަކަތަކަކީ އެ ޤައުމުގެ ރަތް ރޮނގު ކަމަށާއި، އެކަމާއި ގުޅޭ މަޝްވަރާ އަކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.










