ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަމާޒުކޮށް ހަމަލާ އެއް ދިނުމަށް ތެހެރާނުން އެއްވެސް ޕްލޭނެއް ނުގެންގުޅޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓް ކޮށްފިއެވެ.
ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ފުޖައިރާ އޮއިލް އިންޑަސްޓްރީ ޒޯނުގައި އިއްޔެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ. މިއީ އީރާނުން ދިން ހަމަލާ އެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިވިލް ޑިފެންސް ޓީމުތައް ފޮނުވާފައިވާއިރު، ތިން މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ގައުމާއި ދިމާލަށް ހަތަރު ކްރޫޒް މިސައިލް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ގިނަ މިސައިލްތައް ހުއްޓުވާފައިވެ އެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން ސަރަހައްދީ ފިތުނަތައް އިތުރުވެ، ތެހެރާނުން ބަދަލު ހިފުމުގެ ފިޔަވަޅުތަކާއި އެކު ހުރްމުޒް ކަނޑުއޮޅި ވަނީ ބަންދު ކޮށްފައެވެ.
ޕާކިސްތާނުގެ މެދުވެރިކަމުގެ ތެރެއިން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށިއިރު، އޭގެ ފަހުން އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ވެސް ދާއިމީ އެއްބަސްވުމަކަށް ނާދެވުނެވެ.










