Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

މުހައްމަދު ޖަމްޝަތު
123 ދުވަސް ކުރިން - 28 އޭޕްރިލް 2026 13:57
އަދަދު ނޫހުގެ އެޑިޓަރު އެޑިޓަރު ހަސަން މުހައްމަދު--- ފޮޓޯ:އަދަދު
އަދަދު ނޫހުގެ އެޑިޓަރު އެޑިޓަރު ހަސަން މުހައްމަދު--- ފޮޓޯ:އަދަދު
ޚުލާސާ

އަދަދުގެ ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ

"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި އާންމުކުރި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ހަސަންގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ޕާސްޕޯޓް ހިފަހައްޓަނީ ޑޮކިއުމެޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ. އަދި އެ ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ، ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށް ބަލައި ޕާސްޕޯޓު ހިފެހެއްޓީ ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

Advertisement

Advertisement 1

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މި މައްސަލައާ ގުޅިގެން ހަސަންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އިއްޔެއިން ފެށިގެން ޖުލައި 26 ގެ ނިޔަލަށެވެ. މި ތަހުގީގުގެ ތެރެއިން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެ ތަން ފާސްކޮށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ސްޓޯރޭޖް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ މި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އޭގައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފަ އެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކްރިމިނަލް ކޯޓުއިމިގްރޭޝަންމޯލްޑިވްސް ޕޮލިސް ސަރވިސްމީޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

4 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

5 ދުވަސް ކުރިން - 18:14

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

8 ދުވަސް ކުރިން - 12:10