އެލައިޑް އިންޝުއަރެންސްގެ ފަރާތުން ބާއްވާ "އެލައިޑް ހުޅުމާލެ ރަން 2026" އަށް ތައްޔާރުވުމުގެ ގޮތުން، އެ ކުންފުނީގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށް "ޝެއަރ ދަ ރަން" ގެ ނަމުގައި ހާއްސަ ގިވްއަވޭއެއް މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕްރޮމޯޝަނަކީ އެލައިޑްގެ އޮންލައިން ކޮމިއުނިޓީން ދެމުންދާ އެއްބާރުލުމާއި، ކުރިއަށް އޮތް ދުވުމަށް ދައްކަމުންދާ ފޯރިއަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ގިވްއަވޭގެ ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައިވަނީ އެންމެ ފަހުގެ އެޕަލް އެއަރޕޮޑްސް ޕްރޯ 3 އެކެވެ.
މި މަހުގެ 20 އިން ފެށިގެން އަންނަ މެއި މަހުގެ 23 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކަކީ:
- އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ޕޭޖް (@allied.mv) ފޮލޯކުރުން.
- އެލައިޑްގެ ދުވުމާ ގުޅޭ ޕޯސްޓްތައް އިންސްޓަގްރާމް ސްޓޯރީއަށް ޝެއަރ ކުރުން.
- ސްޓޯރީ ޝެއަރ ކުރާއިރު @allied.mv ޓެގްކޮށް #AlliedHulhumaléRun2026 ހޭޝްޓެގް ބޭނުންކުރުން.
މި ޕްރޮމޯޝަންގައި އިނާމު ލިބޭނީ އެންމެ ގިނައިން ސްޓޯރީ ޝެއަރ ކުރާ ފަރާތަކަށެވެ. ޕްރައިވެޓް އެކައުންޓްތައް ބޭނުންކުރާ ފަރާތްތަކުން ސްޓޯރީ ޝެއަރ ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުވުމުން ބައިވެރިވުން ކަށަވަރުވާނެއެވެ.
އެލައިޑް އިންޝުއަރެންސްއިން ވަނީ މި ފޯރީގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، އަހަރުގެ އެންމެ ފޯރިގަދަ މި އިޖުތިމާއީ ހަރަކާތުގެ ބައިވެރިއަކަށް ވުމަށް ދައުވަތު އަރުވާފައެވެ. އިތުރު މަޢުލޫމާތު އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުން ލިބެން ހުންނާނެއެވެ.









