އިޒުރޭލާއި އެކު މަޝްވަރާ އަށް އައުމަށް އެމެރިކާ އިން ލުބުނާނަށް އަންގައިފިއެވެ.
ލުބުނާނުން މިކަން ކަށަވަރު ކޮށްދެއްވާފައި ވާއިރު، އެ ޤައުމުން ބުނީ އިޒުރޭލުގެ ސަރުކާރުގެ އިސް އޮފިޝަލަކާއި އެކު ފޯނުން ބައްދަލުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އޮފިޝަލެއް ކަމެއް ލުބުނާނުން ނުބުނެއެވެ.
މިއީ މިހާތަނަށް މި ދެޤައުމުގެ ވެރިންގެ ދެމެދުގައި ކުރެވުނު ފުރަތަމަ ފޯނުކޯލެވެ.
ޓްރަމްޕުގެ ސަރުކާރުން ލުބުނާނާއި އިޒުރޭލު މަޝްވަރާ ކުރުމަށް ޕްލޭން ކުރަނީ އަންނަ ހަފްތާގައި އެމެރިކާގައެވެ.
މިއީ އީރާނުގެ ޕްރެޝަރާއި އެކު، ލުބުނާނު ހަނގުރާމަ ހުއްޓުވާލައި ހުރްމުޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕު ކުރާ މަސައްކަތުގެ ބައެކެވެ.










