އެމެރިކާ-އީރާން ގެ ހަނގުރާމަ ހުއްޓާލުމާއި ބެހޭ ގޮތުން ޕާކިސްތާނު މެދުވެރިވެ ކުރިޔަށް ގެންދާ ނުސީދާ މަޝްވަރާތައް ހިނގަހިނގާ ހުއްޓާ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓު އިޒުރޭލުން ލުބުނާނަށް ޙަމަލާދީ އަށްމީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.
ޒައެނިސްޓުން ވަނީ މިއަދު އީރާނުގެ ލަވާން އައިލެންޑުގައި ހުންނަ ތެޔޮ ފެސިލިޓީއަކަށް ވެސް ޙަމަލާއެއް ދީފައެވެ. މި ޙަމަލާގެ ސަބަބުން އެތަނުގައި އަލިފާން ރޯވި ކަމުގައި ވިޔަސް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް މަސްދަރުން ބުނެއެވެ.
ފާއިތުވި 12 ވަރަކަށް ގަޑިއިރުތެރޭ އީރާނުގެ އެއްވެސް ތަނަކަށް މި ނޫން ޙަމަލާއެއް ދީފައެއް ނުވެއެވެ. ނަމަވެސް ލުބުނާނަށް 100 އަށް ވުރެ ގިނަ ޙަމަލާ ވަނީ ދީފައެވެ. އީރާނަށް ދެމުންދާ ޙަމަލާތައް ހުއްޓައިލީ ހަނގުރާމަ ހުއްޓާލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުން ދާތީއެވެ.










