އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ގދ. ތިނަދޫ، ބްލެކްސްމިތު، ހުސެއިން ދީދީ މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ހާމަކޮށްފައިވާ ގޮތުގައި، ހުސެއިން ދީދީ ވަނީ އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުން ވެސް މިއަދުން ފެށިގެން ވަކިކުރެވިފައެވެ.
ހުސެއިން ދީދީ މި މަގާމަށް އައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަމާއި މާކެޓް ހޯދައިދިނުމުގެ ބޭނުމުގައި 2020 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދީ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިދިޔަ މާރިޗު މަހުގެ ތެރޭގައި އެ ކުންފުންޏަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ހުސެއިން ދީދީ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެގްރޯނެޓްގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









