Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޭޑިއޭޝަނުގެ ބިރުވެރިކަން އޮތީ ތެހެރާނަކަށް ނޫން، ގަލްފަށް: އީރާން

ރޭޑިއޭޝަނުގެ ބިރުވެރިކަން އޮތީ ތެހެރާނަކަށް ނޫން، ގަލްފަށް: އީރާން

ހުސައިން އިސްމާއިލް
148 ދުވަސް ކުރިން - 5 އޭޕްރިލް 2026 15:41
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޤްޗީ
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޤްޗީ
ޚުލާސާ

އީރާނުގެ ބުޝެހްރް ޕްލާންޓުން ރޭޑިއޭޝަން ލީކު ވެއްޖެ ނަމަ ތެހެރާނަށް ވުރެ ނުރައްކާ ވާނީ ކުވެއިތު ސިޓީއާއި، މަނަމާ، ދަމްމާމް، ދޯހާ އަދި އަބޫދާބީ އަށް.

ބުޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓުން ރޭޑިއޭޝަން ލީކު ވެއްޖެ ނަމަ ގަލްފް ގައުމު ތަކަށް ވަރަށް ބޮޑަށް އޭގެ އަސަރުކޮށް، ސަރަހައްދީ ކާރިޘާ އެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ބޮޑުވެދާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޤްޗީ އިންޒާރު ދެއްވައިފިއެވެ.

އޭނާ މި އިންޒާރު ދެއްވީ ބުޝެހްރް ނިއުކްލިއާ ޕަވަރ ޕްލާންޓަށް އަނެއްކާ ވެސް ޙަމަލާ ދީފައި ވާތީއެވެ.

ބުޝެހްރް ނިއުކްލިއާ ޕްލާންޓް ހުންނަނީ އީރާނުގެ ދެކުނު އައްސޭރީގައި ވެރިރަށް ތެހެރާނާއި ގާތްގަނޑަކަށް 750 ކިލޯމީޓަރު ދުރުގައެވެ.

Advertisement

Advertisement 1

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ޕްލާންޓް ތެހެރާނަށް ވުރެ ކައިރީ ކުވައިތާއި ސައޫދީ ޢަރަބިއްޔާ އާއެވެ.

ކުވެއިތު ސިޓި އާއި އީރާނުގެ ބުޝެހްރް ނިއުކްލިއާ ޕްލާންޓާއި ދެމެދުގައި ވަނީ ގާތްގަނޑަކަށް 250-300 ކިލޯމީޓަރެވެ.

ދޯހާ އާއި ބުޝެހްރް ނިއުކްލިއާ ޕްލާންޓާއި ދެމެދުގައި ވަނީ ގާތްގަނޑަކަށް 400 ކިލޯމީޓަރެވެ.

ބަހްރައިންގެ ވެރިރަށް މަނަމާ އާއި ބުޝެހްރް ނިއުކްލިއާ ޕްލާންޓާއި ދެމެދުގައި ވަނީ ގާތްގަނޑަކަށް 450 ކިލޯމީޓަރެވެ. އިރުމަތީ ސައުދީ އަރަބިއްޔާއާއި އަބޫދާބީގެ ބައެއް ހިސާބުތަކާއި ވެސް ބުޝެހްރް ނިއުކްލިއާ ޕްލާންޓާއި ދެމެދު 300–600 ކިލޯމީޓަރުގެ ދުރުމުން ހުންނާތީވެ، މި ޕުލާންޓުން ރޭޑިއޯއެކްޓިވް މާއްދާތައް ލީކު ވެއްޖެ ނަމަ ތެހެރާނަށް ވުރެ ބޮޑަށް ނުރައްކާ ވާނީ ކުވެއިތުގެ ވެރިރަށް ކުވެއިތު ސިޓީ އަށާއި، ބަހްރައިންގެ ވެރިރަށް މަނަމާ އަށާއި ޤަޠަރުގެ ވެރިރަށް ދޯހާ އަށާއި، ސައޫދީގެ ދަމްމާމަށާއި، ޔޫއޭއީގެ އަބޫދާބީ އަށެވެ.

ބުޝެހްރް ނިއުކްލިއަރ ފެސިލިޓީ ހަލާކު ވެއްޖެ ނަމަ ވައިގެ ޒަރީޢާ އިން ރޭޑިއޯއެކްޓިވް ޕާރޓިކަލްތައް ތެހެރާނަށް ވުރެ އަވަހަށް އިސްވެ ދެންނއވި ސިޓީ ތަކަށް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ދުރުމިނުގެ ގޮތުންނެވެ.

އަނެއްކޮޅުން ޤަލްފުގެ ކަނޑުގެ ތެރެއަށް ރޭޑިއޯއެކްޓިވް މާއްދާ ފެތުރިއްޖެ ނަމަ، އެތައް މިލިއަން ބަޔަކަށް އޭގެ އަސަރު ކުރާނެއެވެ. ޑީސެލިނޭޝަން ޕްލާންޓްތަކަށް އަސަރު ފޯރާފާނެ ކަމަށް ސައެންސް ވެރިން ބުނެއެވެ.

އީރާން ކްރައިސިސް 2026އީރާންއީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީނިއުކްލިއާޤަލްފްރޭޑިއޭޝަންބުޝެހްރްގަތަރުޔޫއޭއީކުވެއިތުބަހްރެއިންސައޫދީ އަރަބިއާތެހެރާންނިއުކްލިއާ ޕްލާންޓްމަނަމާދޯހާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

5 ގަޑިއިރު ކުރިން - 16:37

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

14 ގަޑިއިރު ކުރިން - 07:21

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

އެމެރިކާގެ ބަހަށް އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

5 ދުވަސް ކުރިން - 13:12

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

6 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

7 ދުވަސް ކުރިން - 11:25