Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައުދިއާ އިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި

ސައުދިއާ އިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
153 ދުވަސް ކުރިން - 31 މާޗް 2026 20:37
ސައުދިއާ އެއާލައިން ދަތުރުކުރި ފަރާތްތަކަށް ހަދިޔާ ބަހަނީ. / ފޮޓޯ: އެމްއޭސީއެލް
ސައުދިއާ އެއާލައިން ދަތުރުކުރި ފަރާތްތަކަށް ހަދިޔާ ބަހަނީ. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި ދަތުރުތަކުގެ ސަބަބުން މެދުއިރުމަތީގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވެ، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވޭ.

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށާފައިވާތާ 10 އަހަރު ފުރުން އިއްޔެ ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.

ސައުދިއާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 30 މާޗު 2016 ގަ އެވެ. މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓް، SV838 އިން ދަތުރުކުރި ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ހަމައެއާއެކު، އެ އެއާލައިނުން އިއްޔެ ފުރި ފަސިންޖަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަދިޔާތަކެއް ވަނީ ބަހާފަ އެވެ.

ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ސައުދިއާ އިން ރާއްޖެއަށް ކުރަމުންދާ ދަތުރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މި ދަތުރުތަކުގެ ސަބަބުން މެދުއިރުމަތީގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވެ، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވެ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި ދަތުރުތަކަކީ ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށްވެސް ދަތުރުފަތުރުގެ ފަސޭހަކަން ލިބިގެންދާ މުހިންމު ވަސީލަތެކެވެ. ސައުދިއާ އިން ދަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ ފެންވަރު ރަނގަޅުކޮށް، ދެގައުމުގެ ދެމެދުގައި އޮންނަ އިގްތިސާދީ އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ސައޫދީ އަރަބިއާސައުދިއާވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްވެލާނާ އެއާޕޯޓް ޓާމިނަލް 1
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

24 ދުވަސް ކުރިން - 04:33

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

28 ދުވަސް ކުރިން - 10:26

އީރާނުގެ ހަކަތައަށް ހަމަލާ ދީދި ނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

އީރާނުގެ ހަކަތައަށް ހަމަލާ ދީފިނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

29 ދުވަސް ކުރިން - 08:42