Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ ސްކޫލަކަށް ހަމަލާދީ 168 އަންހެން ކުދިން ޝަހީދުކޮށްލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އީރާނުގެ ސްކޫލަކަށް ހަމަލާދީ 168 އަންހެން ކުދިން ޝަހީދުކޮށްލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
155 ދުވަސް ކުރިން - 27 މާޗް 2026 19:04
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ. / ފޮޓޯ: ޚުލާސާ
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖެއިން ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާ އަދި "ސްޓޭޓް ޓެރަރިޒަމް" އަށް ހިތްވަރުދޭ އިޒްރޭލަކީ މި ހަމަނުޖެހުންތަކާއި ހަލާކުގެ އަސްލު ކަމަށް.

އީރާނުގެ މިނާބްގައި ހުންނަ "ޝަޖަރޭ ތައްޔިބާ" އަންހެން ކުދިންގެ ސްކޫލަށް ދިން ހަމަލާގައި 168 ކުދިން ޝަހީދުވި ހާދިސާ، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. ދިވެހި ސަރުކާރުން ބުނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ބޮޑު ޖަރީމާއެއް ކަމަށެވެ.

ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިކަން ހާމަކުރެއްވީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ 49 ވަނަ ބައްދަލުވުމުގައި މިއަދު ބޭއްވި ކުއްލި ބަހުސްގަ އެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން ޑރ. ސަލްމާ ވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ރާއްޖެއިން ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާ އަދި "ސްޓޭޓް ޓެރަރިޒަމް" އަށް ހިތްވަރުދޭ އިޒްރޭލަކީ މި ހަމަނުޖެހުންތަކާއި ހަލާކުގެ އަސްލެވެ. އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކާއި، އުރުދުން، ފަލަސްތީން އަދި ލުބުނާނުގެ މަސްރަހު ނުތަނަވަސްވެ، ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ރާއްޖެއިން ފާހަގަކުރި އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ދިވެހި ސަރުކާރުން ގޮވާލި އެވެ. މަސްރަހު ފިނިކުރުމަށާއި، އާންމުން ހިމާޔަތްކޮށް، ގާނޫނާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.

މިއީ މި ހަފްތާގެ ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި މިފަދަ ދެވަނަ ކުއްލި ބަހުސެވެ. މީގެ ކުރިން މާޗު 25 ގައި ވަނީ ސައޫދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، ކުވެއިތު، އޮމާން، ބަހްރޭން އަދި އުރުދުންއަށް ދިން އަސްކަރީ ހަމަލާތަކާ ގުޅޭގޮތުން ބަހުސްކޮށްފަ އެވެ. ރާއްޖެއިން މި ދެ ބަހުސްގައި ވެސް ބައިވެރިވެ، ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ވަނީ ހާމަކޮށްފަ އެވެ.

އދ ސަލާމަތީ މަޖިލިސްމިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިސްރާއީލްދިވެހިރާއްޖެއެމެރިކާއީރާންއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

1 ދުވަސް ކުރިން - 23:23

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

2 ދުވަސް ކުރިން - 20:12

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34