Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރުމުގެ ގޮތުން ރަށްރަށުގައި އީދު ބޮކި ނުދިއްލަން ސަރުކާރުން ނިންމައިފި

ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރުމުގެ ގޮތުން ރަށްރަށުގައި އީދު ބޮކި ނުދިއްލަން ސަރުކާރުން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
170 ދުވަސް ކުރިން - 12 މާޗް 2026 17:31
މާލޭގައި މީގެކުރިން އީދެއްގައި ބޮކި ދިއްލައި ޒީނަތްތެރިކޮށްފައި---
މާލޭގައި މީގެކުރިން އީދެއްގައި ބޮކި ދިއްލައި ޒީނަތްތެރިކޮށްފައި---
ޚުލާސާ

މި ނިންމުމުގެ ތެރެއިން ރާއްޖޭގެ 5 ސިޓީއެއްގައި އީދު ބޮކި ދިއްލާނެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ޚަރަދުކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ ފިޠުރުޢީދާ ދިމާކޮށް ރަށްރަށުގައި އީދު ބޮކި ނުދިއްލުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި އިގްތިސާދީ ހަމަޖެހުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވަޒަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޢަބްދުﷲ ހަލީލް ވިދާޅުވީ، ރަށްރަށުގައި އީދު ބޮކި ނުދިއްލުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ނަމަވެސް، މި ނިންމުމުގެ ތެރެއިން ރާއްޖޭގެ 5 ސިޓީއެއްގައި އީދު ބޮކި ދިއްލުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ހަލީލް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި 5 ސިޓީގައިވެސް ބޮކި ދިއްލާނީ މުޅި ސިޓީގައެއް ނޫނެވެ. އެއީ ކަނޑައެޅޭ ވަކި ހާއްސަ ލޮކޭޝަންތަކެއްގައެވެ.

Advertisement

Advertisement 1

މި ފިޔަވަޅަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓުމަށާއި، ކޮންމެހެން ކުރަންޖެހޭ ހަރަދުތަކަށް އިސްކަންދިނުމުގެ ގޮތުން ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުގެ މި ނިންމުމަކީ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އީރާން ކްރައިސިސް 2026ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

5 ދުވަސް ކުރިން - 14:18

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

5 ދުވަސް ކުރިން - 13:54

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވަރިންޓީގެ މަގާމަށް އާޒިމާ ޝަކޫރު އައްޔަންކުރައްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އާޒިމާ ޝަކޫރު އައްޔަނުކުރައްވައިފި

6 ދުވަސް ކުރިން - 18:36