Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަނީ: ޒަމީރު

ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަނީ: ޒަމީރު

އައިޝަތު ރުވާ ރިފްޢަތު
173 ދުވަސް ކުރިން - 12 މާޗް 2026 17:28
ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު---
ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު---
ޚުލާސާ

ތެލުގެ އަގުތައް އިތުރަށް އުފުލުނަ ނުދިނުމަށްޓަކައި އެސްޓީއޯއަށް ސަބްސިޑީ ދީގެން ވެސް އަގު ހިފަހައްޓާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި.

މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަޤީންކަން ކަށަވަރު ކުރުމަށާއި، އަގުތައް އުފުލުނަ ނުދިނުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓާރު ވިދާޅުވީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުވަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގައިވެސް ކުރީން ވިއްކި އަގަށް ވުރެ ތެލުގެ އަގު މިހާރު އުފުލިފައިވާ ކަމަށެވެ. ނަމަވެސް، މި އަގުތައް އިތުރަށް އުފުލުނަ ނުދިނުމަށްޓަކައި އެސްޓީއޯއަށް ސަބްސިޑީ ދީގެން ވެސް އަގު ހިފަހައްޓާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

Advertisement

Advertisement 1

"ތެލާއި ގޭހަށް ބަލާއިރު އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އިރާދަފުޅުކުރެއްވިއްޔާ އެބަހުއްޓޭ. އެކަމަކު ތެލުގެ އަަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފި،" ވަޒީރު ޒަމީރު ވިދާޅުވި އެވެ.

ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ޖަނަވަރީ މަހު އެސްޓީއޯއިން ގަތް ބޮޑު ބޯޓު ތެޔޮ ބަރުކޮށްގެން މިހާރު ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށެވެ. މި ބޯޓު ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި މާލޭ ބަނދަރަށް ވަންނާނެ ކަމަށާއި، މީގެ އިތުރުންވެސް އިތުރު ބޯޓެއް ތެޔޮ ބަރުކުރުމުގެ މަސައްކަތް ނިމި ވަރަށް އަވަހަށް ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ހޯދުމަށް އިތުރު ޤައުމުތަކާއެކު ވެސް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކުން ވަރަށް ފަހި ނަތީޖާއެއް ލިބެމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

މިނިސްޓަރު މޫސާ ޒަމީރުއީރާން ކްރައިސިސް 2026ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

9 ގަޑިއިރު ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

11 ގަޑިއިރު ކުރިން - 02:42

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

2 ދުވަސް ކުރިން - 07:21

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

6 ދުވަސް ކުރިން - 10:37

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

8 ދުވަސް ކުރިން - 13:33

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

8 ދުވަސް ކުރިން - 14:18