Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އޮމާން ކަނޑުގައި އޮތް އީރާނުގެ މަނަވަރެއް އެމެރިކާއިން ފައްތާލައިފި

އޮމާން ކަނޑުގައި އޮތް އީރާނުގެ މަނަވަރެއް އެމެރިކާއިން ފައްތާލައިފި

އައިޝަތު އީމާން
135 ދުވަސް ކުރިން - 1 މާޗް 2026 20:09
އުޅަނދު ފައްތާލުމަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން އާންމުކުރި ފޮޓޯ---
އުޅަނދު ފައްތާލުމަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން އާންމުކުރި ފޮޓޯ---
ޚުލާސާ

އެމެރިކާއިން ބުނެފައިވަނީ މިއީ އީރާނާ ދެކޮޅަށް ފެށި ފުޅާ އޮޕަރޭޝަނެއްގެ ފުރަތަމަ ފިޔަވަޅު ކަމަށް.

އީރާނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަނުގެ ފެށުމެއްގެ ގޮތުން އެމެރިކާގެ ފައުޖުތަކުން އީރާނުގެ އަސްކަރީ މަނަވަރަކަށް ހަމަލާދީ ފައްތާލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި އެވެ.

ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާގެ ޝިކާރައަކަށްވީ އީރާނުގެ "ޖަމަރާން ކްލާސް" ގެ ކޯވެޓް މަނަވަރެއް ކަމަށެވެ. މި ހަމަލާ ދީފައިވަނީ އީރާނުގެ ދެކުނުގައި އޮންނަ ޗާ ބަހާރު ބަނދަރު ކައިރިން އޮމާން ކަނޑުގެ ސަރަހައްދުގައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ އީރާނުގެ އަސްކަރީ ގާބިލިއްޔަތު ކުޑަކުރުމަށް ފެށި ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ. މި ހަމަލާގެ ސަބަބުން އެ މަނަވަރު މިހާރު އޮމާން ކަނޑުގެ އަޑިއަށް ފެތެމުންދާ ކަމަށްވެސް ސެންޓްކޮމްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

Advertisement

Advertisement 1

މި ހާދިސާ ހިނގާފައިވަނީ މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ދެކުނު އައްސޭރިފަށުގައި އޮންނަ ޗާ ބަހާރު ސަރަހައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދަކަށްވާއިރު، އެމެރިކާގެ މި އަމަލާއެކު ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

މި ހަމަލާއާ ގުޅިގެން އީރާނުގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން ބުނެފައިވަނީ މިއީ އީރާނާ ދެކޮޅަށް ފެށި ފުޅާ އޮޕަރޭޝަނެއްގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ސިފަކުރެއެވެ.

އީރާން ކްރައިސިސް 2026އީރާން - އެމެރިކާއީރާންއެމެރިކާހަނގުރާމަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުގެ ލޮރެސްތާން ޕްރޮވިންސްގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

އީރާނުގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

16 ގަޑިއިރު ކުރިން - 23:45

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދިން ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދީފި

22 ގަޑިއިރު ކުރިން - 18:09

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

23 ގަޑިއިރު ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

2 ދުވަސް ކުރިން - 12:01

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

2 ދުވަސް ކުރިން - 11:09