އިސްރާއީލަށް ތާއީދު ނުކުރާތީ, ކޮމިޝަނުން ބޮލާ ވަކިކޮށްފި

ހުސައިން އިސްމާއިލް | 21 ގަޑިއިރު ކުރިން - 12 ފެބްރުއަރީ 2026 06:05
އެމެރިކާގެ ކުރީގެ މިސް ކެލިފޯނިއާ ކެރީ ޕްރެޖިއަން ބޮލާ.
އެމެރިކާގެ ކުރީގެ މިސް ކެލިފޯނިއާ ކެރީ ޕްރެޖިއަން ބޮލާ.
ޚުލާސާ

އިސްރާއީލަށް ފާޑު ކިޔުމުން، އެމެރިކާގެ ކުރީގެ މިސް ކެލިފޯނިއާ ކެރީ ޕްރެޖިއަން ބޮލާ، ޓްރަމްޕްގެ ރިލިޖަސް ލިބަޓީ ކޮމިޝަނުން ވަކި ކޮށްފި.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިލިޖަސް ލިބަޓީ ކޮމިޝަނުން އެމެރިކާގެ ކުރީގެ މިސް ކެލިފޯނިއާ ކެރީ ޕްރެޖިއަން ބޮލާ ވަކިކޮށްފިއެވެ. އޭނާ ވަކިކުރީ ޣައްޒާގައި ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށްލި ޔަހޫދީ ޒައެނިސްޓުންނަށް ތާއީދު ނުކުރި މައްސަލައިގައެވެ.

ބޮލާ ވަކި ކުރުމާއި ގުޅޭ ގޮތުން ކޮމިޝަނުގެ ރައީސް ޕެޓްރިކް ބުނީ އެއްވެސް މެންބަރަކަށް އެމީހެއްގެ ވަކިވަކި ހިޔާލުތައް ފާޅު ކުރުމުގައި ރަސްމީ އިޖުރާއަތްތައް ބޭނުން ކުރުމުގެ ހައްގު ނޯންނާނެ ކަމަށެވެ.

މި ކަމާއި ގުޅިގެން ބޮލާ ބުނީ އޭނާ އަށް އެޅި ފިޔަވަޅަކީ ދީނީ މިނިވަންކަމާއި ހިލާފު ކަމެއް ކަމަށާއި، ޒަޔަނިސްޓުން ހިންގާ ޖަރީމާތަކަށް ތާއީދު ކުރުމަކީ ޝަރުތެއްގެ ގޮތުގައި ކަށަވަރު ކުރުމަށް ޕްރެޝަރު ކުރަމުންދާ ކަމަށެވެ.

ޒަޔަނިޒަމާއި ދެކޮޅު ހެދުމާއި ނުވަތަ ޣައްޒާގައި އިސްރާއީލުން ހިންގާ އަދި ހިންގާފައިވާ ކަންކަމަށް ފާޑުކިޔުމަކީ އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ބޮލާ ބުންޏެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%