ބުރްކީނާފާސޯގެ ހުރިހާ ސިޔާސީ ޕާޓީތައް އުވާލައި އާ ޤާނޫނެއް ހަދަނީ

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 5 ފެބްރުއަރީ 2026 14:59
ބުރްކީނާ ފާސީގެ ރައީސް ކެޕްޓަން އިބްރާހީމް - އޭނާ ގެންދަވަނީ އިންތިޚާބު ލަސްކުރައްވަމުން
ބުރްކީނާ ފާސީގެ ރައީސް ކެޕްޓަން އިބްރާހީމް - އޭނާ ގެންދަވަނީ އިންތިޚާބު ލަސްކުރައްވަމުން
ޚުލާސާ

ހުރިހާ ސިޔާސީ ޕާޓީތައް އުވާލައްވައި، ރައީސް އިބްރާހީމް މިހާރު ރާވާފައި ވަނީ އާ ޤާނޫނު ތަކުގެ ޑްރާފްޓެއް އަސްކަރިއްޔާ އިން އައްޔަންކުރާ މަޖިލީހަކަށް ފޮނުވުމަށް.

2022 ގައި އަސްކަރީ ބަޣަވާތަކުން ވެރިކަމަށް ވަޑައިގެންނެވި ކެޕްޓަން އިބްރާހިމް ޓްރައޯރޭގެ އަމުރަށް ބުރުކިނާ ފާސޯގެ އަސްކަރީ ސަރުކާރުން އެ ޤައުމުގެ ހުރިހާ ސިޔާސީ ޕާޓީތައް އުވާލައިފިއެވެ.

މިގޮތަށް ނިންމެވީ "ޤައުމީ އެއްބައިވަންތަކަން" ދެމެހެއްޓުމާއި ސިޔާސަތު އިޞްލާޙް ކުރުމަށް ކަމަށް އެ ޤައުމުގެ އިންތިޤާލީ ސަރުކާރުން ބުނެއެވެ.

އަސްކަރީ އިންޤިލާބު ގެނައުމުގެ ކުރިން އެ ޤައުމުގައި 100 އަށް ވުރެ ގިނަ ސިޔާސީ ޕާޓިތައް އޮތެވެ.

ރައީސް އިބްރާހީމް މިހާރު ރާވާފައި ވަނީ އާ ޤާނޫނު ތަކުގެ ޑްރާފްޓެއް އަސްކަރިއްޔާ އިން އައްޔަންކުރާ މަޖިލީހަކަށް ފޮނުވުމަށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%