އިސްރާއީލުގެ ސިފައިން ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ހިބްރޫންގެ މަގުތަކުގައި ބޮޑެތި ކޮންކްރީޓް ގާތައް ބަހައްޓައި މަގުތައް ބަންދު ކޮށްލައިފިއެވެ.
އިސްރާއީލުން ދަނީ ރޭއްސުރެ ޣައްޒާ އަށާއި ހުޅަނގު އައްސޭރިއަށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައެވެ.
މިއަދު މަގުތައް ބަންދު މިކުރީ މާދަމާ މިޞްރާއި ޣައްޒާ އާއި ދެމެދުގައިވާ ރަފާޙް ބޯޑަރު ހުޅުވާލާނެ ކަމަށް އިސްރާއީލުން ބުނެފައި ވަނިކޮށެވެ.
ފަލަސްތީނުގެ ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިރުމަތީ ގުދުސް ހިމެނޭ ހެން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާއި ގަދަބާރުން އެތަނަށް ވެރިވެގަތް ޔަހޫދީ ރައްޔިތުން ވަނީ ފަލަސްތީނުގެ 1،110 މީހުން ޝަހީދު ކޮށްލާފައެވެ.
2024 ވަނަ އަހަރުގެ ޖުލައި މަހު ބައިނަލްއަޤްުވާމީ ކޯޓުން ވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ ހުރިހާ ހިސާބެއްގައި ތިބި ޔަހޫދީ ވަޒަންވެރީން އެތަނުން ނުކުތުމަށް އަންގާފައެވެ. އެހެން ނަމަވެސް އެމެރިކާ އާއި އިނގިރޭސިވިލާތުގެ ހިޔަނީގައި އޮވެގެން ޔަހޫދީން ގެންދަނީ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް ބިންތައް ހިފަމުންނެވެ.










