ޣައްޒާ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ “ބޯޑް އޮފް ޕީސް،”ގެ ނަމުގައި އެމެރިކާއިން އިސްވެ އޮވެ ޖަމާޢަތެއް އުފެއްދިއިރު އދ. އާއި ގުޅިގެން ޞުލްޙަ ބެލެހެއްޓުމަށް ދައްކަން ޖެނޭ 1.8 ބިލިއަން ޑޮލަރު އެމެރިކާ އިން އދ. އަށް އަދިވެސް ނުދައްކާ ކަމަށް ރިޕޯޓު ތައް ބުނެފިއެވެ. އެމެރިކާ އަކީ އދ. އަށް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދައްކަން ޖެހިފައިވާ ޤައުމު ވެސް މެއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ބުނީ އެ ޖަމިއްޔާއަށް މާލީ ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށެވެ.
އެމެރިކާ ސަރުކާރާއި އދ. އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން އދ. ގެ މައިގަނޑު ބަޖެޓުގެ 22 ޕަސެންޓް ޒިންމާ ވާން ޖެހޭނީ އެމެރިކާ އިންނެވެ.
ވޮޝިންޓަނުން މިހާރު އެންމެ ވަރުގަދަޔަށް ކުރަމުންދާ މަސައްކަތަކީ “ބޯޑް އޮފް ޕީސް” ފުޅާ ކުރުމެވެ. އެ ޖަމާޢަތަށް އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށް ޓްރަމްޕް ބުނާއިރު، އދ. އަށް ދައްކަން ޖެހޭ ބިލިއަން ޑޮލަރުގެ ފައިސާ އެހެރީ ހިފަހައްޓައިގެންނެވެ.









