ފިނިމޫސުމުގައި މިވަގުތުވެސް ބޯކޮށް ސްނޯ ފައިބަމުންދާ އެމެރިކާގެ ބޮޑެތި ސަރަހައްދުތަކަށް ބާރުގަދަ ތޫފާނެއް އަރައި، އެގައުމުގައި ކަރަންޓް ކެނޑި، ދަތުރުފަތުރުތަކަށް ބުރޫއަރައި، އެތައް ބަޔަކު މަރުވެ، އަދި ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި *ޓެކްސަސް، ލޫސިއާނާ، މިސިސިޕީ، ޓެނެސީ، އަދި ޖޯޖިޔާ ފަދަ ބައެއް ސްޓޭޓްތަކުގައި 800،000 އާއި އެއް މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ކަރަންޓައި ނުލައެވެ.
ވައިގެ ދަތުރުފަތުރަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، ފާއިތުވި ދެދުވަހުގެ ތެރޭގައި އެއާލައިންތަކުން ވަނީ އެ ގައުމުގައި 10،000 އަށް ވުރެ ގިނަ ފްލައިޓް ވެސް ކެންސަލްކޮށްފައެވެ.
މިއި ތާރީޚީ ތޫފާނެއް ކަމަށް ސިފަކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުތު ކެރޮލައިނާ، ނޯތު ކެރޮލައިނާ، ވާޖިނިއާ، ޓެނެސީ، ޖޯޖިއާ، މެރީލޭންޑް، އާކަންސަސް، ކެންޓަކީ، ލޫސިއާނާ، މިސިސިޕީ، އިންޑިއާނާ އަދި ވެސްޓް ވާޖިނިއާވފަދަ އެތައް ސްޓޭޓެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.









