7 އޮކްޓޯބަރު 2023 ގައި ޔަހޫދީންނަށް ޙަމާސް އިން ދިން ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ލިބޭނެ ބިލް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް (ކްނެސެޓް) ގެ ފުރަތަމަ ކިޔުމުގައި ފާސްކޮށްފިއެވެ.
މި ބިލް ފާސްކުރީ ކްނެސެޓްގެ 19 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާއި މެދު ދެކޮޅު ހަދާ އެއްވެސް މެންބަރަކު ނެތެވެ.
ފުރަތަމަ ކިޔުމުގައި ބިލް ފާސްކުރުމަށްފަހު ދެން އޮންނާނީ ގާނޫނާއި އަދުލު އިންސާފުގެ ކޮމިޓީ އަށް ފޮނުވުމުވެ. އެ ކޮމެޓީން މި ބިލް ދިރާސާ ކުރާނެއެވެ. އެއަށް ފަހު، އެ ކޮމިޓީން ބިލުގެ މާއްދާއެއްގައި އިސްލާހެއް ގެންނަން އޮތް ނަމަ އެކަ ެއް ކުރާނެއެވެ. ބިލް ބުލޮކް ކޮށްލަން ބޭނުން ނަމަ އެ ބާރު ވެސް މިދެންނެވި ކޮމެޓީ އަށް ލިބިގެން ވެއެވެ.
ގާނޫނާއި އަދުލު އިންސާފުގެ ކޮމިޓީން ބިލް ދިރާސާ ކުރުމަށް ފަހު ފާސްކޮށްފިނަމަ، ދެވަނަ ކިޔުމަކަށް ކްނެސެޓަށް ވޯޓަށް އެހުމަށް ދާނެއެވެ. އެއްށް ފަހު ދެން އޮންނާނީ ތިންވަނަ އަދި އެންމެ ފަހު ކިޔުމެވެ.
މި ބިލް ގާނޫނަކަށް ވާނީ ދެވަނަ ކިޔުމާއި އަދި ތިންވަނަ ކިޔުން ވެސް ފާސް ވެއްޖެ ނަމައެވެ.






