Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނު ވަރަށް ނުރައްކާތެރި ހަތިޔާރު ހޯދައިފި..؟ އެމެރިކާ އަށް ސިހުން!

އީރާނު ވަރަށް ނުރައްކާތެރި ހަތިޔާރު ހޯދައިފި..؟ އެމެރިކާ އަށް ސިހުން!

ޢަބްދުﷲ ޖުނައިދު
143 ދުވަސް ކުރިން - 13 ޖެނުއަރީ 2026 10:36
(މިއީ އީރާނާއި އެމެރިކާގެ ޤާބިލްކަން ދެއްކުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯއެއް)
(މިއީ އީރާނާއި އެމެރިކާގެ ޤާބިލްކަން ދެއްކުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯއެއް)
ޚުލާސާ

އީރާނުން ވަރަށް ސިއްރުން ޗައިނާ އިން ނިއުކްލިއާ ވޯހެޑް ޓެކްނޮލޮޖީ ހޯދާފައި އޮވެދާނެ ކަމަށް ބުނެވުނަސް ސާބިތު ހެއްކެއް އަދި ފެންނާކަށް ނެތް

އެމެރިކާ އާއި އެކު ހަނގުރާމަ އަކަށް ތައްޔާރު ވެފައިވާ ކަމަށް އީރާނުން އިންޒާރު ދިނުމުން ތެހެރާނުގެ މިސައިލް ކެޕޭސިޓީގެ ޙަޤީޤީ މިންވަރާއި މެދު ދުނިޔޭގައި ބަހުސްތައް އުފެދިއްޖެއެވެ. މިހާރު ޑިޕްލޮމެޓިކް އަދި ސަލާމަތީ ދާއިރާތަކުގައި އެންމެ ބާރަށް ދެކެވެނީ މި ވާހަކައެވެ. ތުރްކިޔޭގެ އެނަލިސްޓަކު ވެސް ރޭ މި ސުވާލު އުފައްދައިފިއެވެ. އޭނާ އުފެއްދެވި ސުވާލަކީ ދުނިޔޭގެ އެންމެ ދުރު ރާސްތާގެ މިސައިލް އީރާނުގެ އަތުގައި އޮތްތޯ، އަދި ނިއުކްލިއާ ޤާބިލްކަން ލިބިފައިވާ މިސައިލް އީރާނުން ހޯދީތޯއެވެ؟

އީރާނުން ބެލިސްޓިކް މިސައިލް ޕްރޮގްރާމެއް ވަރަށް ފުޅާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އީރާނުން ބުނަނީ އެ މިސައިލް ތަކަކީ ހަމައެކަނި ދިފާޢީ ގޮތުން އުފައްދާ މިސައިލްތަކެއް ކަމަށެވެ. ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް އީރާނުން ދެކޮޅު ހަދައެވެ. ނަމަވެސް ހުޅަނގުގެ ޖާސޫސުން ބުނަނީ އީރާނުން ނިއުކްލިއާ ބޮމެއް ހެދުމާއި ވަރަށް ކައިރީގައި އުޅޭ ކަމަށެވެ. މިދިޔަ އަހަރު ޖާސޫސުން ބުނީ “ނިއުކްލިއާ ހަތިޔާރު އުފައްދަން އީރާނަށް މިހާރު ބޭނުންވަނީ މަދު ހަފްތާތަކެއް” ކަމަށެވެ. އެހެން ކަމަށް ވަނީ ނަމަ މިހާރު ހުޅަނގުގެ އެ ވާހަކަތައް ޙަޤީޤަތަކަށް ވުމަކީ ކައިރި ކަމެކެވެ. ސަބަބަކީ މިދިޔަ އަހަރު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާއި ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ބުނީ، ހަނގުރާމަ ފެށުމުގެ ކުރިން އެމީހުންގެ ހަތިޔާރާއި ވަޞީލަތްތައް ވަނީ އެހެން ތަނަކަށް ބަދަލު ކޮށްފައި ކަމަށެވެ.

Advertisement

Advertisement 1

ދެވަނަ ބޮޑު ހަނގުރާމައިގައި ނިއުކްލިއާ ބޮމެއް ގޮއްވާލާފައި - އީރާނުގެ ނިއުކްލިއާ މަޝްރޫޢާއި ބެހޭ ގޮތުން އެ ޤައުމުން ބުނަނީ މަޝްވަރާގެ ދޮރު ހުޅުވިފައިވާ ކަމަށް / ފޮޓޯ: ވިކިޕީޑިއާ

އެހެންކަމުން ސުވާލަކީ އީރާނުން މިހާރު ނިއުކްލިއާ ހަތިޔާރުގެ ޤާބިލްކަން ހޯދީތޯއެވެ؟ ނުވަތަ އެހެން ޤައުމަކުން (ޗައިނާއިން) އެކަމުގެ އެހީތެރިކަން ހޯދީތޯއެވެ؟

ސޯޝަލް މީޑިއާގެ ބައެއް ރިޕޯޓުތަކުން ދައްކާ ގޮތުގައި އީރާނުން ވަރަށް ސިއްރުން ޗައިނާ އިން ނިއުކްލިއާ ވޯހެޑް ޓެކްނޮލޮޖީ ހޯދާފައި އޮވެދާނެއެވެ. ނަމަވެސް މި ތުހުމަތަށް ބާރުދޭ ކަށވަރު ހެއްކެއް ނެތެވެ. ޗައިނާ އަކީ ބައިނަލްއަޤްވާމީ ނޮން ޕްރޮލިފަރޭޝަން އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ޤައުމެކެވެ.

ކޮންމެޔަކަސް، އީރާނާއި ހަނގުރާމަ ކުރުމަކީ މިދަނޑިވަޅު އެމެރިކާ އަށް ރައްކާތެރި ކަމެއް ނޫން ކަމަށް ޚުދު އެމެރިކާގެ އެތެރޭގެ މަސްދަރުތަކުން ބުނަމުންދާއިރު، ސުވާލަކީ، ނިއުކްލިއާ ބާރު ހުރި އެމެރިކާ އާއި ދެކޮޅަށް ހުރިހާ ގޮތަކުން ވެސް ހަނގުރާމަ ކުރުމަށް އީރާނުން ވަރަށް ފުރިހަމަޔަށް ތައްޔާރޭ ބުނާއިރު، އެކަމުގައި ތެހެރާނަށް ލިބިފައިވާ ޔަޤީންކަމަކީ ކޮބައިތޯއެވެ؟

އީރާން

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ ވިސާ ނުލިބުނު ކަމުގައި ވިޔަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

ވިސާ ނުލިބުނަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

2 ދުވަސް ކުރިން - 21:26

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި: އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެއްޖެ

2 ދުވަސް ކުރިން - 19:57

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

2 ދުވަސް ކުރިން - 11:38

ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މައިމަރުކަޒަށް އީރާނުން ޙަމަލާ ދީފި

ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މައިމަރުކަޒަށް އީރާނުން ޙަމަލާ ދީފި

2 ދުވަސް ކުރިން - 08:29

ޗަކް ޝޫމަރ: އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން

ޗަކް ޝޫމަރ: އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން

3 ދުވަސް ކުރިން - 07:06

ހަމަލާތައް ނުހުއްޓުވައިފިނަމަ އެމެރިކާއާއެކު ބާއްވާ މަޝްވަރާތައް މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުން ދީފި

ހަމަލާތައް ނުހުއްޓުވައިފިނަމަ އެމެރިކާއާއެކު ބާއްވާ މަޝްވަރާތައް މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުން ދީފި

3 ދުވަސް ކުރިން - 05:49