އެމެރިކާއިން ބައިނަލްއަޤްވާމީ 66 ޖަމިއްޔާއަކުން ބޭރުވަނީ

ހުސައިން އިސްމާއިލް | 6 ދުވަސް ކުރިން - 8 ޖެނުއަރީ 2026 10:21
އެމެރިކާގެ ރައީސް ޓްރަމްޕް: ބައިނަލްއަޤްވާމީ 66 ޖަމިއްޔާއަކުން ވަކިވާން އޭނާ ވަނީ ނިންމާފަ
އެމެރިކާގެ ރައީސް ޓްރަމްޕް: ބައިނަލްއަޤްވާމީ 66 ޖަމިއްޔާއަކުން ވަކިވާން އޭނާ ވަނީ ނިންމާފަ
ޚުލާސާ

ޔޫއެންއެފްސީސީސީ އާއި، ޔޫއެންއެފްޕީއޭ އާއި ޣައްޒާގައި އިންސާނީ އެހީ ފޯރުވައިދޭ ފަދަ ބައެއް ޖަމާޢަތްތަކާއެކު 66 ޖަމާއަތަކުން އެމެރިކާ ވަކިވާން ނިންމައިފި

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމާޢަތްތައް ހިމެނޭހެން މުޅިއެކު ބައިނަލްއަގްވާމީ 66 ޖަމިއްޔާއަކުން ވަކިވާން އެމެރިކާ އިން ނިންމައިފިއެވެ.

ވައިޓް ހައުސްއިން އާންމުކުރި ރިޔާސީ މެމޮރެންޑަމްގައި ބުނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތަށް ގެނައި ބަދަލުތަކާއި އެކު، އެމެރިކާ އިން ބައިވެރިވެފައިވާ 66 ޖަމިއްޔާ ޖަމާއަތަކާއި ގުޅުން ކަނޑާލުމަށާއި އެ ޖަމިއްޔާތަކަށް ފައިސާ ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

މި 66 ފަރާތެއްގެ ތެރޭގައި ޔޫއެންގެ 31 އިދާރާ ހިމެނޭއިރު، އޭގެ ތެރޭގައި ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އާއި ޣައްޒާއާއި ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތައް ފަދަ އިންސާނީ ކާރިސާތައް ދިމާވެފައިވާ ތަންތަނަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތައް ވެސް ހިމެނެއެވެ.

އެމެރިކާއިން ގުޅުން ކަނޑާލަމުންދާ ބައިނަލްއަގްވާމީ ބޮޑެތި ޖަމާއަތްތަކުގެ ތެރޭގައި، މައިމީހާއާއި ކުޑަކުދިންގެ ސިއްހަތަށް އެހީތެރިވާ މުހިންމު އިދާރާއެއް ކަމަށްވާ ޔޫއެން ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)، އަދި ޑިމޮކްރެޓިކް މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް މަސައްކަތްކުރާ އދ.ގެ ޑިމޮކްރަސީ ފަންޑު، އަދި އިސްރާއީލާއި ފަލަސްތީނާ ގުޅުންހުރި ހަނގުރާމަތަކުގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާ ކަންކަން ލިޔެދޭ ޔޫއެން އޮފީސް އޮފް ދަ ސްޕެޝަލް ރެޕްރެޒެންޓޭޓިވް އޮފް ދަ ސެކްރެޓަރީ ޖެނެރަލް ފޯ ޗިލްޑްރަން އިން އާރމްޑް ކޮންފްލިކްޓް އިން ވެސް އެމެރިކާ ދަނީ ވަކިވަމުންނެވެ. މީގެ އިތުރުން ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅުންހުރި ދުނިޔޭގެ ހަތިޔާރު ބަދަލުކުރުން ޓްރެކްކުރާ މެކޭނިޒަމެއް ކަމަށްވާ ޔޫއެން ރެޖިސްޓަރ އޮފް ކޮންވެންޝަނަލް އާމްސް ގައި އެމެރިކާއިން ބައިވެރިވުން ވެސް ހުއްޓާލާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%