Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޓްރަމްޕް ވިސްނަނީ ގްރީންލޭންޑް ޖަހައިގަންނަން

ޓްރަމްޕް ވިސްނަނީ ގްރީންލޭންޑް ޖަހައިގަންނަން

ހުސައިން އިސްމާއިލް
189 ދުވަސް ކުރިން - 6 ޖެނުއަރީ 2026 22:09
ޓްރަމްޕްގެ މަޤްޞަދަކީ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުން
ޓްރަމްޕްގެ މަޤްޞަދަކީ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުން
ޚުލާސާ

އެމެރިކާއިން ގްރީންލޭންޑްގެ ކަމާބެހޭ ފަރާތްތަކާ ސީދާ އެއްބަސްވުމެއް ހަދަން ބޭނުން

އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ޖަހައިގަނެގެން އުޅޭ މި ދުވަސްވަރުގައި ޑެންމާކުގެ ބާރުގެ ދަށުގައިވާ ގްރީންލޭންޑް ވެސް ޖަހައިގަންނަން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އާކްޓިކް ކަނޑުގައިވާ ގްރީންލޭންޑަކީ ޑެންމާކް ރަސްކަމުގެ ކޮންޓްރޯލް އޮންނަ ތަނަކަށް ވާއިރު، އެމެރިކާގެ އުތުރުން ގާތްގަނޑަކަށް 2،000 މޭލު ދުރުގައި އޮންނަ މި ރަށާއި ބެހޭ ގޮތުން ފުރާންސުން ބުނީ، ނޭޓޯގެ މެންބަރު ޑެންމާކުގެ ސަރުކާރުން ހިންގާ ގްރީންލޭންޑް ހިމާޔަތް ކުރަން ޖެހިއްޖެ ނަމަ ނޭޓޯ އެކަމުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ކަން މިހެން އޮތް އިރު، އެމެރިކާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ޑެންމާކް ބައިޕާސްކޮށް ސީދާ ގްރީންލޭންޑްގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކަން ކަމަށް ރިޕޯޓްތައް ބުނެއެވެ. ވޮޝިންޓަނުން މިހާރު ފްރީ އެސޯސިއޭޝަން އެގްރީމަންޓެއްގެ ޑްރާފްޓެއް ތައްޔާރު ކުރަމުންދާ ކަމަށް ވެއެވެ.

Advertisement

Advertisement 1

ގްރީންލޭންޑަކީ ގާތްގަނޑަކަށް 2.16 މިލިއަން އަކަކިލޯމީޓަރުގެ ބިމެއް އޮންނަ ދުނިޔޭގެ އެންމެ ބޮޑު ރަށެވެ. އާބާދީގައި ގާތްގަނޑަކަށް 56،000 މީހުން އުޅޭއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އައްސޭރިފަށުގަ އެވެ.

ގްރީންލޭންޑް ސަރަޙައްދަކީ ސްމާޓްފޯނާއި އިލެކްޓްރިކް ވެހިކަލް އަދި އަސްކަރީ ހާޑްވެއާ އުފެއްދުމަށް ވަރަށް މުހިންމު ފަސްގަނޑެކެވެ. ޚާއްޞަކޮށް ތަދު ޤުދުރަތީ މަޢުދަންތަކުން މުއްސަނދިކަން ލިބިފައިވާ ސަރަޙައްދެކެވެ. ޗައިނާއިން އުފައްދާ މަދުން ނޫނީ ނުފެންނަ ބިމުގެ އުފެއްދުންތައް ގްރީންލޭންޑުގައި އެމެރިކާއަށް ވުރެ މާ ގިނައިން އެބަހުރި ކަމަށް ވެއެވެ.

ގްރީންލޭންޑްގެ ވަށައިގެން ކެނެޑާ، އައިސްލޭންޑާއި ނޯވޭ އޮންނައިރު، ގްރީންލޭންޑުގައި ދަގަނޑު، ޒިންކް، ރަން، އަދި ޔޫރޭނިއަމްގެ ބޮޑު ރިޒާވް އެއް އޮވެއެވެ.

ކެނެޑާއާއި އެންމެ 25-30 ކިލޯމީޓަރު ދުރުގައި އޮތް ގްރީންލޭންޑާއި އެމެރިކާ އާއި ދެމެދު ގާތްގަނޑަކަށް 1،200 ކިލޯމީޓަރުގެ ދުރުމިނެއް އޮވެއެވެ. ގްރީންލޭންޑާއި ޑެންމާކާއި ދެމެދު ގާތްގަނޑަކަށް 4،000 ކިލޯމީޓަރުގެ ދުރުމިނެއް ވެއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑަކީ އެމެރިކާ އަށް ވަރަށް މުހިއްމު ލޮކޭޝަނެއް ކަމަށާއި އެ ރަށް ތަރައްގީކޮށް އެތަނުގައި އެމެރިކާއިން އިންވެސްޓް ކުރާނެ ކަމަށެވެ.

އެމެރިކާ އިން އުޅެނީ ގްރީންލޭންޑުގައި އަސްކަރީ ބޭހެއް ހަދާށެވެ. އެމެރިކާއިން ގްރީންލޭންޑް އަތުލަން ބޭނުންވަނީ އާކްޓިކްގައި ޗައިނާއާއި ރަޝިޔާގެ ނުފޫޒު ބޮޑުވަމުންދާ މިންވަރު ހުއްޓުވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގްރީންލޭންޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

1 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

4 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

4 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

5 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

6 ދުވަސް ކުރިން - 21:05