Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަޑިގަނޑަކަށްފަހު ލިވަޕޫލަށް މޮޅެއް

އަޑިގަނޑަކަށްފަހު ލިވަޕޫލަށް މޮޅެއް

އައިޝަތު އީމާން
220 ދުވަސް ކުރިން - 2 ނޮވެންބަރު 2025 18:12
ގޯލު ޖެހުމަށްފަހު ސަލާހު އުފާފާޅުކުރަނީ - ފޮޓޯ: ލިވަޕޫލް
ގޯލު ޖެހުމަށްފަހު ސަލާހު އުފާފާޅުކުރަނީ - ފޮޓޯ: ލިވަޕޫލް
ޚުލާސާ

އެސްޓަން ވިލާގެ މައްޗަށް ލިވަޕޫލުން ކުރި ހޯދާފައިވަނީ 0-2 ގެ ނަތީޖާއިން. މި މޮޅާއެކު ލިވަޕޫލް ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލާފައި.

އިނގިރޭސީ ޕްރިމިއާ ލީގުގައި އެސްޓަން ވިލާގެ މައްޗަށް 0-2 ގެ ނަތީޖާއިން މޮޅުވެ ލިވަޕޫލަށް އައި ބަލިމަޑުކަމަށް ނިމުމެއް އައިސްފި އެވެ.

އެންފީލްޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު 1+45 ގައި ކާމިޔާބު ކުރީ މުހައްމަދު ސަލާހެވެ. އޭނާ މި ގޯލު ޖެހީ އެސްޓަން ވިލާގެ ޑިފެންޑަރަކު ހެދި ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

މެޗުގެ ދެވަނަ ގޯލު ލިވަޕޫލަށް ޖަހައިދިނީ 58 ވަނަ މިނެޓުގައި ގްރެވެންބާޗެވެ. މެކް އެލިސްޓާގެ އެހީތެރިކަމާއެކު އޭނާ މި ގޯލު ކާމިޔާބުކުރީ އޭރިއާ ބޭރުންނެވެ.

Advertisement

Advertisement 1

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ޖުމްލަ 11 ހަމަލާ ލިވަޕޫލުން އެސްޓަން ވިލާގެ ގޯލަށް ފޮނުވާލާފައިވާއިރު އެސްޓަން ވިލާ އިން ވަނީ ނުވަ ހަމަލާ ލިވަޕޫލްގެ ގޯލަށް ފޮނުވާލާފަ އެވެ.

މި މޮޅާއެކު ލިވަޕޫލް މިވަނީ ވަގުތީ ގޮތުން ތާވަލުގެ ތިން ވަނައަށް ޖެހިލާފަ އެވެ. އަދި އެސްޓަން ވިލާ ވަނީ ތާވަލުގެ 11 ވަނައަށް ވެއްޓިފަ އެވެ.

މި މެޗުގެ ކުރިން ކުޅުނު ދެ މެޗުން ވެސް ލިވަޕޫލް ވަނީ ބަލިވެފަ އެވެ. މި ހަފްތާގައި ޕެލެސް އަތުން 0-3 ގެ ނަތީޖާއިން ބަލިވެ އެފްއޭ ކަޕުން ކަޓާފައިވާއިރު ޕްރިމިއާ ލީގުގައި ނިމިދިޔަ ހަފްތާގައި ބްރެންޓްފޯޑު އަތުން 2-3 ގެ ނަތީޖާއިން އެ ކުލަބު ވަނީ ބަލިވެފަ އެވެ. ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ލިވަޕޫލް ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ.

ޗެމްޕިއަންސް ލީގުގައި ރިއަލް މެދްރިޑާ ދެކޮޅަށް ލިވަޕޫލް މި ހަފްތާގައި ނިކުންނާނެ އެވެ.

ލިވަޕޫލްއެސްޓަން ވިލާއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

11 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

16 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

16 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

18 ދުވަސް ކުރިން - 22:55

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

18 ދުވަސް ކުރިން - 22:38